ފޮޓޯ: ރޮއިޓާރސް
ހަބަރު
24 Sep 2026 | 18:08
އެމެރިކާގެ އިތުރު ހަމަލާއަކާ ގުޅިގެން ހަނގުރާމަ އިންޑިއާ ކަނޑަށް ފެތުރިދާނެ ކަމަށް އީރާނުން ބުނެފި

އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއް އަމާޒުކޮށްފިނަމަ މެދުއިރުމަތީގެ ހަމަނުޖެހުން އިންޑިއާ ކަނޑާ ހަމައަށް ފޯރައިފާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހީ ވެރިޔާ ލީޑަރު މުޖްތަބާ ޚާމަނާޢީގެ މުޝީރެއް ކަމުގައިވާ ޔަޙްޔާ ރަޙީމް ސަފަވީ ދެއްވައިފިއެވެ.

ފާރސް ނޫހުގައި ޢާންމުކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ސަފަވީ ވިދާޅުވީ ފާރިސީ ކަނޑުއޮޅިއާއި ހުރްމުޒް ކަނޑުއޮޅީން ފެށިގެން ރަތްކަނޑާ ހަމައަށް މިހާރުވެސް ހަނގުރާމައިގެ ހުޅުގަނޑު ފެތުރިފައިވާ ކަމަށެވެ. އެމެރިކާގެ ފަރާތުން އިތުރު ޢުދުވާނެއް އަތުވެއްޖެނަމަ އެކަމުގެ ރައްދުގައި ކުރިމަތިލުންތައް އިންޑިއާ ކަނޑާއި އެއަށްވުރެ ދުރަށްވެސް ފެތުރިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސަރުކާރުގެ މިފަދަ އިސް ބޭފުޅަކު އިންޑިއާ ކަނޑުގެ ނަން މިހާ ސާފުކޮށް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮންނަ އެ ކަނޑުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައިވާ ފޯޅަވައްސެވެ ހިމެނެއެވެ.

ކުރިންވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ހަމަލާތައް އާ ކޮށްފިނަމަ ހަނގުރާމައިގެ ދާއިރާ ފުޅާކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

މެދުއިރުމަތީގެ މަސްރަޙަށް ބަލާއިރު ޔަމަނުގެ ޙޫޘީން ވަނީ ރަތްކަނޑުގެ ސަރަޙައްދުތަކުގައި ބާރު ގަދަކޮށް އޭޝިއާއާއި ވިލާތުގެ ބައްރު ގުޅުވައިދޭ މުހިންމު ކަނޑުއޮޅިއެއް ކަމުގައިވާ ބާބުލް މަންދަބުގެ ކޮންޓްރޯލް ވަރުގަދަކޮށްފައެވެ.

ޙޫޘީންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެކި ފަރާތްތަކުން ކުރި ނަމަވެސް ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދައުރުވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވެއެވެ.

މިހާރުވެސް ދެ ޤައުމުން ދަނީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ވަރުގަދަ އަސްކަރީ ކުރިމަތިލުންތައް ބަދަލުކުރަމުންނެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ނިއުޔޯކްގައި މި ހަފުތާގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ދެ ޤައުމުގެ އިސް މަންދޫބުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފައިވެއެވެ.

އެ މަޝްވަރާތަކުގައި އީރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އީރާނުގެ އިޤުތިޞާދާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި ބޭރު ޤައުމުތަކުގައި ހިފަހައްޓާފައި ހުރި އީރާނުގެ ހަރުމުދަލާއި ފައިސާ އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުން ހިމެނެއެވެ.

މި މަޝްވަރާތަކުން ނަތީޖާއެއް ނުކުންނާނެތޯ ބެލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ގާތުން ބަލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.