10 Sep 2019 | 23:42
މިފަހަރު ދަނޑު ރަތްކޮށްލާނީ ޗައިނާއިން؟

ވޯލްޑް ކަޕް ކޮލިފައިންގގައި މިރޭ ޗައިނާއާއި ދިވެހިރާއްޖެއާއި ކުޅޭ މެޗަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ މެޗެކެވެ. 2015ގެ ފަހުން މިއީ ރާއްޖެއާއި ޗައިނާ ފުޓްބޯޅަ ދަނޑުން ބައްދަލުކުރާ ފުރަތަމަ ފަަހަރެވެ. ދުވަސްތަކަކަށްފަހު ގަލޮޅު ދަނޑުން ގައުމީ ޓީމް ފެނިގެންދާއިރު، އެ ޓީމާއި އެއްކޮށް ދިވެހިރާއްޖޭގެ އެއް ނަންބަރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)ވެސް ފެނިގެންދާނެއެވެ.

ގައުމީ ޖޯޝަކުން މުޅި ދިވެހިރާއްޖެ ކެކެމުންދާއިރު، މިރޭގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ފަރާތަކަށް ވާނީ ބާރަ ވަަނަ ކުޅުންތެރިޔާ ނުވަތަ ގައުމީ ޓީމްގެ ސަޕޯޓަރުންނެވެ. ގައިމުވެސް ދިވެހި ސަޕޯޓަރުން ވަނީ އެފަރާތްތަކުގެ އަޑުން ދަނޑު ގުގުމާލުމަށް ކެތްމަދުވެފައެވެ.

އިދިކޮޅުގައި އޮތް ޗައިނާގެ ސަޕޯޓަރުންގެ ޝުއޫރުވެސް މިފަދައެވެ.

ދިވެހިރާއްޖޭގައި ގިނައަދަދަކަށް ޗައިނާގެ މަސައްކަތްތެރިންނާއި ފަތުރުވެރިން އުޅެމުންދާއިރު، އެފަރާތްތަކުންވެސް ވަނީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން އަމިއްލަ ގައުމީ ޓީމަށް ސަޕޯޓްކުރުމަށްޓަކައި މިއަދު ހަވީރުން ފެށިގެން އެ ފަރާތްތަކުން ދަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރަތްކުލައިގެ ހެދުންތަކުގައި އެފަރާތްތައް ތިބިއިރު، ޗައިނާގެ ދިދަތައްވެސް ދަނީ ހޫރުވަމުންނެވެ.

މީގެ ކުރިން ދިވެހި ދަނޑުގައި ބަންގްލަދޭޝް ކުޅުނު މެޗްތަކުންވެސް ވަނީ މިފަދަ މަންޒަރުތައް ވަނީ ފެނިފައެވެ.

މިފަހަރު ދަނޑު ހަމަގައިމުވެސް ރަތްވެގެންދާނެއެވެ. ނަމަވެސް ބޮޑަށް ރަތްވާނީ ޗައިނާގެ ރަތުންބާވައެވެ؟ ނޫނީ ދިވެހިންގެ ރަތުން ބާވައެވެ؟ މިރޭ މުޅި ގައުމު އެކުގައި ރަތްކޮށްލަމާ ތޯއެވެ؟ ދިވެހި ގައުމީ ޓީމާއި މުޅި ގައުމަކީ އެއް ބަޔަކަށް ވަމާތޯއެވެ! ދިވެހިންގެ އަޑު ޖައްވުގައި ގުގުމާލަމާތޯއެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.