17 Oct 2019 | 15:58
ދެވަނަ ދައުރަކަށް ރައީސް ނަޝީދާއި ޝިފާޒް ކުރިމަތިލަނީ

ހުސްވެފައިވާ އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމަށް މިހާރުވެސް އެމަގާމުގައި ތިއްބެވި ފަރާތްތަކުން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

އެގޮތުން މިވަގުުތު އެޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒްވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަމަށާއި އެބޭފުޅާއަށް ތާއިދުކޮށް ވޯޓުދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުގައި އިޚުލާސްތެރިކަމާއިއެކު ދަންނަވާކަމަށެވެ.

މި ޓްވީޓަށް ތާއިދުކުރައްވާ ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސްކަމަށް ރައީސް ނަޝީދަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ.

އަދި އެބޭފުޅާވެސް ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަވާނެކަމަށާއި، އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންގެ ތާއިދާއި ކުރައްވާ އިތުބާރު އެގޮތަށް ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މި ދެބޭފުޅުން ފިޔަވައި، އެމްޑީޕީގެ ލީޑަރޝިޕަށް އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ފޮޓޯ: މިހާރު

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.