ސަރުކާރުގެ އެންމެ މުހިންމު ވައުދާއި ޚިލާފްވެއްޖެ: ޑރ.ޖަމީލް
މި ސަރުކާާރުން ސަރުކާރުގެ އެންމެ މުހިންމު ވައުދާއި ޚިލާފުވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޑރ.ޖަމީލު ވިދާޅުވީ ސަރުކާރުގެ އެންމެ މުޙިންމު ވަޢުދުކަމުގައިވާ ވައްކަމަށް ޒީރޯ ޓޮލެރަންސް އާއި ޚިލާފްވެފައިވާކަމަށެވެ. އަދި ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބުތައް ފުރަމުންދާކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
"ޙުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށް"، އެބޭފުޅާ ވިދާޅުވިއެވެ.
ފަހަކަށް އައިސް ސަރުކާރުން ކުންފުނިތަކަށް ކޯޓުތަކުން ބޭރުގައި ދެމުން އަންނަ ބަދަލުތަކާއި ގުޅިގެން އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެގޮތުން މިއީ ކޮރަޕްޝަނަށް މަގުފަހިވާގޮަތަށް ކުރާ އަމަލެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ. މިގޮތަށް ދީފައިވާ ބަދަލުތަކުގެ މައްސަލަ އޭސީސީންވެސް ދަނީ ތަހުގީގުކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists