21 Nov 2019 | 23:28
އަފްރާޝީމުގެ މަރާ ބެހޭގޮތުން ސަލަފަށް ނިސްބަތްކޮށް، އީވާ ހެދީ ބުހުތާނު ދޮގެއް: ސަލަފް


ޑރ. އަފްރާޝީމު އަލީގެ މަރާއި ބެހޭގޮތުން މިރޭ ބޭއްވި 241 ކޮމެޓީގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކަނޑައެޅިގެން ދޮގު ހަދާފައިވާކަމަށް ޖަމުއިއްޔަތުއް ސަލަފުން ބުނެފިއެވެ.

ސަލަފު ޖަމުއިއްޔާގެ ރަސްމީ ޓުވީޓަރ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، 241 ކޮމެޓީގައި އަފްރާޝިމުގެ މަރާ ބެހޭގޮތުން ސަލަފަށް ނިސްބަތްކޮށް، އީވާ ހެއްދެވީ ބުހުތާނު ދޮގެއް ކަމަށެވެ.

ސަލަފުގެ ޓުވީޓުގައި ބުނެފައިވަނީ، އަފްރަޝީމު އަވަހާރަކޮށްލުމުގައި ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި ބުހުތާނު ދޮގު ހަދައިގެން ސަލަފު ފްރޭމް ކުރަން ކުރަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ސަލަފު ޖަމުއިއްޔާއަށާއި ކުރީގެ އިސްލާމިކް މިނނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ތުހުމަތުކޮށްފައި ވެއެވެ. އެގޮތުން ސަލަފަކީ ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށްބުނެ، އެޖަމުއިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ 241 ކޮމެޓީން ވަނީ ނިންމާފައެވެ. އެމައްސަލައިގައި ޑރ. ޝަހީމުގެ މައްޗަށް ފިޔަވަޅު އެޅުމަށްވެސް ކޮމެޓީން ނިންމާފައި ވެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެންނާއި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާއިން ފަންޑު ކުރިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިރޭ ވަނީ ނިންމައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.