ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ

28 Apr 2020 | 19:08

ދިރާގުގެ ކަސްޓަމަރުންނަށް ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެގޮތް އެކުންފުނިން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މާލެ ސިޓީ ލޮކްޑައުން ހާލަތުގައި ވުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިކަމަށެވެ. އެގޮތުގެ މަތިން އެހެން އަހަރު ތަކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ ޚިދުމަތް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ.

ފިތުރު ޒަކާތް ދެއްކުމަށް https://www.dhiraagu.com.mv/ocs/service_zakath.aspx

މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ދިރާގުން ފަހިކޮށްދީފައިވެއެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.

ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭންވަނީ ނިންމާފައެވެ.

ދިރާގުގެ އުންމީދަކީ ދިރާގު ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުންކަމަށް އެކުންފުނިން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement