އަދާހަމަ: ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ރެސްޕޮންސް ޓީމް ތުޅާދޫއަށް ދެވިއްޖެ!

03 Jul 2020 | 03:53

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ.ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމަށް ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ރެސްޕޮންސް ޓީމު ބ. ތުޅާދޫއަށް ފޯރައިފިއެވެ.

ބ. ތުޅާދޫއާއި އެއްފަޅެއްގައި އޮންނަ ބޮޑުފޮނޮޅުގައި ބިދޭސީންތަކެއްވެގެން ދިވެހިން ރަހީނުކޮށްފައިވަނީ މުސާރަ ނުދޭ މައްސަލައިގައެވެ. އެފަރާތްތަކަށް މުސާރަ ނުދޭތާ މަސްތަކެއް ވެފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލަ ހައްލުކޮށް، ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކުރަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިރޭ އިރާކޮޅު އެރަށާއި ކައިރިއަށް ފުލުހުން ތިބި ދޯނި ދިއުމުން ބިދޭސީން ވަނީ ފުލުހުންނާއި ދިމާލަށް ގާ އުކާ ހަދާފައެވެ. މިކަމުގައި ބައެއް މީހުންނަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ރަށުގައި 200 އެއްހާ ބިދޭސީންނާއި 15 ދިވެހިން އެބަތިއްބެވެ. މި އޮޕަރޭޝަންގައި އެ ސަރަހައްދުގެ އެކިއެކި ރަށްރަށުގެ ފުލުހުން ދަނީ ބައިވެރިވަމުންނެވެ.

ދިވެހިންތަކެއް ރަހީނުކުރި މައްސަލާގެ ހަބަރުތައް ބ. ތުޅާދޫގެ ހަރަކަތްތެރިވާ ވޮއިސްގެ މުރާސިލު މެދުވެރިކޮށް ގެނެސްދެވޭނެއެވެ. 

Advertisement

ކޮމެންޓް

Advertisement