މަރުތައް
01 Nov 2022
އުދައްޔު މަރާލި ކުޑަކުއްޖާ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މިދިޔަ އަހަރު ތެރޭގައި ގއ މާމެންދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި އަހުމަދު އުދެއްޔު މަރާލުމުގައި ބައިވެރިވި ކުޑަ ކުއްޖާ 25 އަހަރު ދުވަހަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.
31 Oct 2022
އުދައްޔު މަރާލިކަމަށް ސާބިތުވި ކުއްޖާއަށް 25 އަހަރުގެ ޙުކުމެއް!
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު، ގއ.މާމެންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު މަރާލި މައްސަލަ، ސާބިތުވެފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުއްޖާ 25 އަހަރާއި 5 މަސްދުވަހަށް ބަންދުކުރުމަށް ޖުވަނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
31 Oct 2022
މޭރީގެ މަރު: ޕޭޝަންޓް ޗާޓު ނުލިބޭތީ ނަރުހުންގެ ހެކިބަސް ނެގުން ފަހަށް
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް ދަން ޖެހުނީ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން ދެވުނު ފަރުވާ އާއި ބޭސްތަކުގެ މެޑިކަލް ޗާޓުތައް ނުލިބޭތީ އެ ހޮސްޕިޓަލުގެ ނަރުހުންގެ ހެކިބަސް ނެގުން ފަސްކޮށްފިއެވެ.
30 Oct 2022
ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ހުރަހެއް ނެތް: ސިވިލް ކޯޓު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ.ހޯޑެއްދޫ، ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
30 Oct 2022
ރަޝީދުގެ އާއިލާއިން ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.
29 Oct 2022
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ކޯޓަށް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިއްހީ ފަރުވާ ނުދެވުމުގެ ސަބަބުން ނިޔާވި ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
28 Oct 2022
އެންއައިސީ އިންވެސް ބުނީ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް!
ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި ރަޝީދުގެ ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމަށް ޢާއިލާއިން އެދެމުން ދަނިކޮށް އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ބުނެފިއެވެ.
28 Oct 2022
"ޢާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ނުދޭ"
މަރުވެފައިވާ މައްޔިތާގެ ޢާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ދައުލަތަށް ދީފައި ނުވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި ގާނޫނީ ދާއިރާއިން ފުންނާބު އުސް ފަރާތެއް ކަމަށްވާ އާޒިމާ ޝަކޫރު، ވިދާޅުވެއްޖެއެވެ.