މަރުތައް
24 Oct 2022
ރިޟްވާން މަރާލާ ވީޑިއޯ ކަމަށް ބުނެ ފޭކް ލިންކެއް ދައުރު ކުރަން ފަށައިފި
މިނިވަން ނޫހުގެ ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާލާފައިވާ ވީޑިއޯ ކަމަށް ބުނެ ފޭކު ލިންކެއް ދައުރުކުރަން ފަށައިފިއެވެ.
19 Oct 2022
"ޒަޔާން މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައި"
މިދިޔަ ޖޫންމަހު ހިންގި މާރާމާރީއެއްގައި މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައިކަން ފުލުހުން ހާމަކޮށްފިއެވެ.  ފުލުހުން މިފަދައިން ހާމަކުރައްވާފައިވަނީ ޒަޔާން މަރާއި ގުޅޭގޮތް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.  އެ ޕްރެސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ޒަޔާނަށް ހަމަލާދިންވަގުތު އޭނާ ހުރީ، އޭނާގެ ގޭގައިކަމަށާ، އެގެއަށް ފުލުހުން ދިޔައިރު ޒަހަމްތަކާއެކު ޒަޔާން އޮތް ކަމަށެވެ.
18 Oct 2022
އަނަސްގެ މަރާލި މައްސަލާގައި ހިމެނޭ "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް!
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މާރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.
16 Oct 2022
މޭރީގެ މަރާ ގުޅޭ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން އެދިއްޖެ
އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށްބުނާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
16 Oct 2022
ޒިހާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު
މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ކޯޓުގެ އަޑުއެހުންތަކުގައި އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.
15 Oct 2022
ޝިއާއު އަދި އަޒުހާނުގެ މަރާއި ގުޅުމެއް ނެތް: ފުލުހުން
ހ.ޝީރީން ވިލާގައި އަނިވާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާއި، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާނުގެ މަރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
15 Oct 2022
މަރުތަކާ ބެހޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު
މަރުތަކާ ބެހޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު
11 Oct 2022
އަނަސް މަރާލި "ކުޑަކުއްޖާ"ގެ މައްޗަށް ކުށް ސާބިތު ވެއްޖެ!
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މާރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ"ގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.