10 Apr 2025
ޝަމްއާން ބަންދުކުރި އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި!
ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދުކުރި މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުން އިއްޔެ ނިންމަވައިފިއެވެ.
28 Mar 2025
ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް
ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެނެސް ހައިކޯޓުން އެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ނިންމާ ހައިކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމާފަ އެވެ.
27 Mar 2025
ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށައަޅައިފި
ޝަމްއާންގެ ފަރާތުން އެ މައްސަލަ އިއްޔެ ވަަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
26 Mar 2025
ކޯޓްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހަދަމުންދާ އިމާރާތް ރައީސް ބައްލަވާލައްވައިފި
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދުމަށް ހަދަމުންދާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައްލަވާލައްވައިފި އެވެ.
20 Mar 2025
ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފި އެވެ.
15 Mar 2025
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ޝަހީދުއާއެކު ތިން ބޭފުޅެއް
ވަގުތު ހަމަވީއިރު އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓްގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމެވެ.
13 Mar 2025
ކޯޓްގައި ތަޅުއެޅުވި ކަމަށް ބުނާ މައްސަލަ ބަލައެއް ނުގަތް
ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ގޮތް ބުނެދެވިފައިނުވާތީ ކަމަށެވެ.
11 Mar 2025
އަނަސްގެ މަރު: ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމައިފި
އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ.