ހައި ކޯޓު
10 Aug 2023
ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން އާދީއްތާގައި!
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ދައުލަތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެކޯޓުން ބުނެފި އެވެ.
10 Aug 2023
"އެޑްމިޓްވެގެން ފަރުވާ ނުހޯދަނީ އާއިލާ ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ"
ބަލިހާލުކޮޅު ހުރިގޮތުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރައްވާ ޖަލުގައި ހުންނަވަނީ ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯއްދަވާ ނަމަ އާއިލާއިން ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ ކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
08 Aug 2023
"ޔާމީނަށް ފޯން ކުރުމަށް ދީފައި އޮތް ލުއިތަކެއް މިހާރު ނެތް"
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް، ފޯން ކޯލްތައް ކުރުމަށް މީގެ ކުރިން ދީފައިއޮތް ލުއިތައް މިހާރު ނިމުމަކަށް ގެނެސް، އެތައް ގޮތަކުން އެމަނިކުފާނަށް އަނިޔާ ކުރަމުންދާ ކަމަށް، ކުރީގެ ނާއިބު ރައީސް، އަދި ޔާމިންގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
30 Jul 2023
"ފޯމު ލާ މުއްދަތު ހަމަވާއިރުވެސް މައްސަލަ ނިމޭނެކަމެއް ނޭނގެ"
ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާ މުއްދަތު ހަމަވާއިރުވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅުުން ބުނެފިއެވެ.
22 Jul 2023
މަންޑޭގެ ބަންދަށް އިތުރަށް 10 ދުވަސް ޖަހައިފި
ކޭޕާކް ރެސިޑެންސް ފްލެޓް ތަކުގެ މައްސަލަގައި ހައްޔަރުކޮށްފައިވާ ހަސަން މަމްދޫޙްގެ ބަންދަށް އިތުރު 10 ދުވަސް، ހައިކޯޓުން ޖަހައިފިއެވެ.
18 Jul 2023
5 ގަޑިއިރުވީ އިރުވެސް އިދިކޮޅު ލީޑަރުންނަށް ހައިކޯޓުން ޖަވާބެއް ނުދިން!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު ހުކުމުގެ އިސްތިއުނާފު މައްސަލަ އޮތް ހިސާބެއް ބަލަން އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެން 5 ގަޑިއިރު ހޭދަކުރައްވާފައިވާއިރު، އެ ކޯޓުން ޖަވާބުދީފައި ނުވާކަމަށް އިދިކޮޅުން ބުނެފި އެވެ.
18 Jul 2023
ގޯތި ނުލިބުމުން، "މާލެ މީހާ" ޝަރުތު މާނަކޮށްދޭން އެދި ކޯޓަށް
ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ދޫކުރި ގޯތި ލިބުމަށް ޝަރުތު ހަމަ ނުވާކަމަށް ޕްލޭނިންގ މިނިސްޓްރީން ކަނޑައެޅި މީހަކު، ގޯތި ލިބޭ އުސޫލުގައި "މާލޭ މީހާ" ޝަރުތު މާނަ ކުރާ ގޮތް ހާމަކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ
17 Jul 2023
"މިއަދު އޮތީ ނުރުހޭ މީހާ ކުށްވެރިއަކަށް ހަދާ އިންސާފު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޤާއިމްކޮށްދިނީ ނުރުހޭ މީހާ ކުށްވެރިވެފައި، ރުހޭ މީހާ ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް ސަލާމަތްކުރާ އިންސާފުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
11 Jul 2023
ރައީސް ޔާމިނުގެ އިސްތިއުނާފުގެ އަޑުއެހުމެއް ތާވަލު ނުކޮށްގެން އިދިކޮޅުން ކޯޓަށް
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މި ހަފްތާއަށް ވެސް ތާވަލުކޮށްފައި ނުވާތީ އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ.
05 Jul 2023
"ދިފާއުން ހުށައެޅި ނުކުތާތަކުގެ ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބެއް ނުދޭ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފައިވާއިރު، އެ ނުކުތާތަކުގައި ހުރި ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބުދީފައި ނުވާކަމަށެވެ.