26 Mar 2023
53 މިލިއަން ދައްކަން ޔާމިނަށް އެންގި މައްސަލައިގެ އިސްތިއުނާފު ބަލައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިގެންފި އެވެ.