ހައި ކޯޓު
07 Jun 2023
އާރަށު އިސްތިއުނާފު: ރައީސް ޔާމީންގެ ހުށައެޅުން ދެން އަންނަ އަޑުއެހުމަކަށް!
ވ. އާރަށު މައްސަލައިގެ އިސްތިއުނާފު މިއަދު ހައިކޯޓުގައި ފަށާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅުއްވާ ކަންކަން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
06 Jun 2023
އާރަށުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މާދަމާ 2 ޖަހާއިރު
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ މާދަމާ މެންދުރު ފަހު ދޭއް ޖަހާއިރު ހައިކޯޓުގައި އޮންނާނެ ކަމަށާއި މި މައްސަލަ ޔޫޓިއުބުން ލައިވްކޮށް ފޮނުވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
04 Jun 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ބުދަދުވަހު ފަށަނީ
ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޫ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
15 May 2023
"ކޯޓުތަކުގައި ރައީސް ޔާމީންގެ މައްސަލަ ދިގު ދަންމަނީ ރައީސް ޞާލިހުގެ އޯޑަރަށް"
ކޯޓުތަކުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުުގެ މައްސަލަތައް ދިގުދަންމަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އޯޑަރަށްކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފި އެވެ.
14 May 2023
ޔާމީން އަތުން 52 މިލިއަން ހޯދަން ޕީޖީން ހައި ކޯޓަށް
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިއެވެ.
30 Apr 2023
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ"
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
19 Apr 2023
ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމްހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
11 Apr 2023
52 މިލިއަން ދައްކަން ރައީސް ޔާމިނަށް ކުރި އަމުރު ބާތިލުކޮށްފި
ވ. އާރަށުގެ މައްސަލައިގައި ޙުކުމް ކުރިތާ ދުވަސްތަކެއް ފަހުން 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމިނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.