ހައި ކޯޓު
22 Nov 2023
ނަދީމް ގެ މަރުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ސްޕްރީމް ކޯޓަށް
މީގެ ހަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
21 Nov 2023
ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިއްޖެ
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި، މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޤާނޫނާއި ޚިލާފު ހުކުމެއްކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިއްޖެ އެވެ.
20 Nov 2023
ނާޒިމްގެ އިސްތިއުނާފީ މައްސަލަ ޕީޖީން އެދިގެން ބާތިލުކޮށްފި
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އެ މައްސަލަ ހައި ކޯޓުން ބާތިލު ކޮށްފި އެވެ.
12 Nov 2023
އާރަށު މައްސަައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު މައްސަލައިގެ އަޑުއެހުމެއް އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
09 Nov 2023
އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް
ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
27 Oct 2023
ދަޢުލަތުން އުޅެނީ ޝަރުޢީ އަދި ގާނޫނީ ބައްޕަ ތަޢާރަފް ކުރަން
ޕްރޮސެކިއުޓާ ޖެނަރަލް ނުވަތަ ދައުލަތުން "ޝަރުޢީ ބައްޕަ" އާއި "ގާނޫނީ ބައްޕަ" އެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ހައިކޯޓުގެ ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައިފިއެވެ.
26 Oct 2023
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު، ސިވިލް ކޯޓަށް މަރިޔަމް
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އަލްއުސްތާޒު ޙުސެއިން ޝަހީދު ހަމަޖައްސަވާ، ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އަލްއުސްތާޒާ މަރިޔަމް ވަހީދު ހަމަޖައްސަވައިފި އެވެ.
24 Oct 2023
ފަނޑިޔާރުން ޗުއްޓީއަށް، ރައީސް ޔާމިނުގެ އިސްތިއުނާފު މަޑުޖެހިއްޖެ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު ހުކުމުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ މަޑުޖެހިއްޖެ އެވެ.