މާރިޔާ އަޙްމަދު ދީދީ
15 Aug 2023
މުޢިއްޒު ވަޑައިނުގަންނަވާ ރަށްރަށަށް ވަޑައިގެންނެވި ކަމަށް ބުނެފި
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވަޑައިނުގަންނަވާ ދެ ރަށެއްގައި ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ބުނެ ދޮގު ވާހަކަތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕެއިން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހައްދަވައިފިއެވެ.
15 Aug 2023
"ރައީސް، ކޮންމެ ރަށަކަށް ވެސް ދެތިން ފަހަރު ވަޑައިގެންފައިވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިތުރުފުޅު ހައްދަވައިފިއެވެ.
10 Aug 2023
މާރިޔާގެ ބަހުގެ ހަމާތައް ވާދަވެރި ކެންޑިޑޭޓުންނަށް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން އެއްވެސް ކެންޑިޑޭޓަކު ރައްޔިތުންގެ ވާހަކަ ދައްކަވައި ރައްޔިތުންނާއި މެދު ވިސްނަވާ ނުހައްދަވާ ކަމަށް އެމަނިކުފާނު ކެންޕެއިން ތަރުޖަމާނު، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
19 Jul 2023
"ސިފައިން ވަފާތެރިވާންވީ މާރިޔާއަކަށް ނޫން، ދިވެހި ޤައުމަށް"
ދިވެހި ސިފައިން ވަފާތެރިވާންވީ ފަހަރެއްގައި ވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ނޫން ކަމަށާއި، އެމީހުން ވަފާތެރިކަން އަދާކުރަންވީ މި ޤައުމާއި ރައްޔިތުންނަށް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 Jul 2023
ރައީސް ޞާލިހުގެ މާލެ ސިޓީ ކެމްޕޭނު ކޯޑިނޭޓަރަކަށް މާރިޔާ، ޑެޕއިޓީއަކަށް ޝަހީމު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މާލޭ ސިޓި ކެމްޕޭނު ކޯޑިނޭޓަރާއި ޑެޕިއުޓީ ކެމްޕޭނު ކޯޑިނޭޓަރު ކަނޑައަޅައިފި އެވެ.
21 Jun 2023
މިނިވަންކަން ގުޅެނީ ދާޚިލީ ހަމަޖެހުމާއި: ރައީސް ޞާލިޙް
މިނިވަންކަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް އެކަމުގެ ފެށުން ގުޅިފައި އޮންނަނީ ޤައުމުގެ ދާޚިލީ ހަމަޖެހުމާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
21 Jun 2023
ސިފައިން، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެއްޖެ!
އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ހުރިހާ ސިފައިންނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނަސޭހަތްތެރިވެވަޑައިގަންނަވައިފިއެވެ.
21 Jun 2023
ސިފައިންގެ ފްލެޓުތަކަށް އަންނަ މަހު ވަދެވޭނެ: މާރިޔާ
ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "ސިފްކޯ ހިޔާ"އަށް އަންނަ މަހު ވަދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.