19 Apr 2023
ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމްހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
18 Apr 2023
މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދިން
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
10 Apr 2023
"2024ގެ ދިރާސީ އަހަރަށް އަރަބިއްޔާގެ އާ އިމާރާތް ނިމޭނެ"
2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ނިމޭނެ ކަމަށް އެޑިއުކޭޗަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
08 Apr 2023
"މޫނު ބުރުގާ އެޅިޔަސް ތަފާތުކުދިން ގޮތަށް ޢަމަލުކުރެވިގެންނުވާނެ"
މޫނު ބުރުގާ އެޅިޔަސް އެކުދިންނާއި މެދު ތަފާތު ކުދިންތަކެއްގެ ގޮތަށް ޢަމަލުކުރެވިވެގެން ނުވާނެ ކަމަށް ޢަރަބިއްޔާ ސްކޫލްގެ މޫނުބުރުގާ އަޅާ ކުދިން ގެ ވަކީލާ އަލްއުސްތާޒާ ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
07 Apr 2023
"މޫނު ބުރުގާއަޅާ ކުދިންނާ ދޭތެރޭ އަމަލުކުރަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި"
އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާއަޅައިގެން ދާ ދަރިވަރުންނާއި ދޭތެރޭ އަމަލުކުރަމުންދަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައިކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
06 Apr 2023
"ޔުނިފޯމް ކޯޑަކަށް ވުރެ ހައްޤުތަކަށް ދޭ އިސްކަން ބޮޑުވާންޖެހޭ"
އެޑިޔުކޭޝަން މިނިސްޓްރީ އިން ހަދާ ޔުނިފޯމް ކޯޑަކަށްވުރެ ބެލެނިވެރިންނާއި ދަރިވަރުންގެ ހައްޤުތަކަށް ދޭ އިސްކަން ބޮޑުވާން ޖެހޭ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ އަދި ކުރީގެ ޔޫއެން ރެޕަޓުއާ އަހްމަދު ޝަހީދު ބުނެފިއެވެ.
06 Apr 2023
އާ އުސޫލާއެކު އަރަބިއްޔާ ކުދިންނަށްވެސް ގަދަ 10 ގައި ވާދަ ކުރެވޭނެ
އަރަބިއްޔާ ސްކޫލު ކުދިންނަށްވެސް ވާދަ ކުރެވޭ ގޮތަށް ގަދަ 10 ހޮވުމުގެ އުސޫލު ބަދަލުކޮށްފިއެވެ.
04 Apr 2023
އަރަބިއްޔާގެ މޫނުބުރުގާ އެޅި ދަރިވަރުންނަށް އެތައް ފުރައްސާރައެއް
އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އަންހެން ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންގެ މޫނު ބުރުގާ، އެކުދިންގެ ނުރުހުމުގައި ނަގުވައި، އެކުދިންނަކީ ޓެރަރިސްޓުން ކަމަށް ބުނެ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކޮށްފިއެވެ