02 Apr 2023
ނިޤާބް އެޅުން މަނާ ކުރުން: ވަގުތީ އަމުރެއް ނެރެދޭން އެދިއްްޖެ
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖްތަމަޢުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ ކުދިންނަށް، ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިޤާބު އަޅައިގެން ސްކޫލަށް ދަނިކޮށް، ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުނުވެވޭނޭކަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުމަށް ޢަމަލު ކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެއެވެ.
29 Mar 2023
މޫނުބުރުގާ އެޅުމުގެ ޙައްޤުން މަޙްރޫމު ނުކުރަން ދީނީ ޢިލްމުވެރިން ގޮވާލައިފި
ސްކޫލުތަކުގައި މޫނުބުރުގާ އަޅަން އެދޭ އަންހެން ދަރިވަރުން އެ ޙައްޤުން މަޙްރޫމު ނުކުރުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އެންމެ ބޮޑު އިއްތިޙާދުން ގޮވާލައިފިއެވެ.
22 Mar 2023
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ: އަނާރާ
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށް ޑރ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
21 Mar 2023
"މޫނު ބުރުގާ މައްސަލައިގައި ލޯޔަރުންނާއި އެކު ހާޒިރުވުމުން ބައްދަލެއް ނުކުރި"
ޢަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވަން ހާޒިރުވާ ދަރިވަރުންނަށް މޫނުބުރުގާ ނަގަން އެންގައި މިއަދު ސްކޫލަށް ދަރިވަރުންނާއި ބެލެނިވެރިން ހާޒިރުވާން އެންގުމުން ބެލެނިވެރިން ވަކީލުންނާއި އެކު ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަކީލުންނާއި އެކު ބައްދަލުނުކުރާނެ ކަމަށްބުނެފި ކަމަށް އެ ސްކޫލްގެ ބެލެނިވެރިން ބުނެފިއެވެ.
21 Mar 2023
މޫނު ބުރުގާ މައްސަލައިގައި އަރަބިއްޔާ ބެލެނިވެރިން ކޯޓަށް
ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް އެމައްސަލަ ހުށަހަޅާން ނިންމައިފި އެވެ.
20 Mar 2023
"މޫނު ބުރުގާ ނަގަން ނުބުނެވޭނެކަން ހައިކޯޓުން އޮތީ ނިންމާފައި"
ތައުލީމު ހަސީލު ކުރާ ދަރިވަރުންނަށް، މޫނު ބުރުގާ ނަގަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ، މޫނު ބުރުގާގެ ސަބަބުން އެ ދަރިވަރުން ތަޢުލީމުން މަހްރޫމް ނުކުރެވޭނެ ކަން ދިވެހި ރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
20 Feb 2023
"މި ސަރުކާރުން ޢަރަބިއްޔާ އަށް އިޚްލާޞްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް"
ޢަރަބި ތަޢުލީމާއު ދެކޮޅުޔ ސިޔާސަތަކާއިގެން ވެރިއަކަށް އައި ބަޔަކު ޢަރަބިއްޔާއަށް އިޚްލާސްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުހައްމަދް ވިދާޅުވެއްޖެއެވެ.
19 Feb 2023
އަރަބިއްޔާއިން އަނެއްކާވެސް އިހުތިޖާޖު ކުރަން ފަށައިފި
އަރަބިއްޔާ ސްކޫލްގެ ބިންގާ އަދިވެސް ނޭޅޭ ކަމަށް ބުނެ ބެލެނިވެރިން ބާ ޖަމާލުއްދީން ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.