ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
04 Jan 2024
ދެވަނަ މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބު އަތުން ވެސް، މަސްއޮޑި ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބާއި މަސްއޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން މަސްއޮޑިން ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
04 Jan 2024
"ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024"، ފެބުރުއަރީ 10 ގައި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ފެބުރުއަރީ 10 ގައި ބޭއްވުމަށް ނިންމައިފިއެވެ.
04 Jan 2024
އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތު ހޯސްޓް ކުރަނީ ކާއްޓޭ!
އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ގުޅިގެން ކ. ކާށިދޫގައި ފެށުމުން ހަމަޖެހިފައިވަނީ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ވަރަށް މަޝްހޫރު ފަންނާނެއް ކަމަށްވާ ކާއްޓޭ އެވެ.
04 Jan 2024
މަޔޯކާ އަތުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
03 Jan 2024
ބިސްބުރު އަތުން ލޮރެންޒޯ އަށް ފަސޭހަ މޮޅެއް
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ލޮރެންޒޯ ކާމިޔާބުކޮށްފިއެވެ.
02 Jan 2024
ކުރީގެ ކޯޗު ސްކޮލާރީ ގެނައުމަށް ބްރެޒިލް އިން މަސައްކަތްފަށައިފި
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ކުރީގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ ގެނައުމަށް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.
02 Jan 2024
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބެޑްމިންޓަން މުބާރާތް ނައިފަރު އޯޕަން 2024 ފަށައިފި
ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ބެޑްމިންޓަން މުބާރާތް "ނައިފަރު އޯޕަން 2024" މިމަހުގެ އެއްވަނަ ދުވަހު ފަށައިފި އެވެ.
02 Jan 2024
ސަލާހްގެ ދެލަނޑާއެކު ލިވަޕޫލުން އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
01 Jan 2024
ފުލަމް އަތުން އާސެނަލް ބަލިވެއްޖެ!
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން ބަލިވި، ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.
01 Jan 2024
ބޯންމައުތު އަތުން މޮޅުވެ، ޓޮޓެންހަމް ފަސްވަނައަށް ކުރިއަށް ޖެހިލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބޯންމައުތުން ބަލިކޮށް، ޓޮޓެންހަމް އިން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
31 Dec 2023
ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވެއްޖެ
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓުން ކާމިޔާބުކޮށްފިއެވެ.
31 Dec 2023
ރަށުން ބޭރުގައި ތާވޮން އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ތާވޮން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން މޮޅުވެ، އަލް ނަސްރުން އަހަރު ނިންމާލީ މޮޅަކާއެކު އެވެ.
31 Dec 2023
ފަސޭހަކަމާއި އެކު އިނގުރައިދޫ ބަލިކޮށް، ދުވާފަރުން ތަށި ދިފާއުކޮށްފި
ރ. އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރާއި ރަނަރަޕް އިނގުރައިދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ، ދުވާފަރުން ތަށި ދިފާއުކޮށްފިއެވެ.
31 Dec 2023
ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ، ސިޓީ އިން އަހަރު ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން އަހަރު ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ.
29 Dec 2023
އަލް ފެއިހާ އަތުން މޮޅުވެ، އަލް ހިލާލްއަށް 10 ޕޮއިންޓްގެ ލީޑެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އަލް ފެއިހާ އަތުން މޮޅުވެ، އަލް ހިލާލް އިން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ.
29 Dec 2023
ރަށުން ބޭރުގައި އާސެނަލް އަތުން މޮޅުވެ، ވެސްޓްހަމް 6 ވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އާސެނަލް އަތުން މޮޅުވެ، ވެސްޓްހަމް އިން ލީގު ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
29 Dec 2023
އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ބްރައިޓަން އަށް ފަސޭހަ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން މޮޅުވެ، ބްރައިޓަން އިން ލީގު ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
28 Dec 2023
އެފްއޭއެމް އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް އަންގައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް، ސްޕޯޓްސް ކޮމިޝަނުން މިއަދު އެއިދާރާ އަށް އަންގައިފި އެވެ.
28 Dec 2023
ފަހުހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު މެންޗެސްޓާ ސިޓީ ހަތަރުވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި އެވަޓަން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހުގައި ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
28 Dec 2023
ފަހުވަގުތު ކާމިޔާބުކުރި ޕެނަލްޓީއާއެކު ޕެލަސް އަތުން ޗެލްސީއަށް މުހިންމު ތިން ޕޮއިންޓް
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ކާމިޔާބުކުރި ޕެނަލްޓީއާއެކު 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ޗެލްސީ އިން ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
28 Dec 2023
ވާދަވެރި ކުޅުމަކަށްފަހު އަލިފުށި ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު ފައިނަލަށް
ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އަލިފުށި ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރުން ހޯދައިފިއެވެ.
27 Dec 2023
ފަސޭހަކަމާއި އެކު ރަސްމާދޫ ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ އިނގުރައިދޫ އިން ހޯދައިފި
ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ރަނަރަޕް އިނގުރައިދޫ އާއި ރަސްމާދޫ ވާދަކުރި މެޗު 12-6 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އިނގުރައިދޫ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
27 Dec 2023
4×100މ މެޑްލީ ރިލޭ އިން ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް އަދި ޖޫނިއަރ ޓީމު ރިހި މެޑަލް ހޯދައިފި
ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި 100x4 މީޓަރު މެޑްލީ ރިލޭ އިން ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދިއިރު، 100x4 މީޓަރު މެޑްލީ ރިލޭ އިން ޖޫނިއަރ ފިރިހެން ޓީމު ރިހި މެޑަލް ހޯދައިފިއެވެ.
27 Dec 2023
މާނޭ އަދި ރޮނާލްޑޯގެ ލަނޑުތަކާއެކު އަލް ނަސްރަށް ފަސޭހަ މޮޅެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ނަސްރާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދު 5-2 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.
27 Dec 2023
ގަނާޗޯގެ ދެލަނޑާއެކު ފަހަތުން އަރައި އެސްޓަންވިލާ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
27 Dec 2023
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި
ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި މިއަދު ރާއްޖޭގެ ކުރިއަރަމުން އަންނަ ފުރާވަރުގެ ފެތުންތެރިޔާ މެރާލް އައިން ލަޠީފު ރަން މެޑަލް ހޯދައިފިއެވެ.
27 Dec 2023
ރަށުން ބޭރުގައި ބާންލީ އަތުން މޮޅުވެ، ލިވަޕޫލް ވަގުތީ ގޮތުން އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ވަގުތީ ގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
26 Dec 2023
އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން ނިއުކާސަލް ޔުނައިޓެޑް ބަލިވެއްޖެ
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިވެއްޖެ އެވެ.
26 Dec 2023
މަޑުއްވަރީ އަތުން މޮޅުވެ، އިންނަމާދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކު
ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގައި މިރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް އޭގެ އިންނަމާދޫ އާއި މަޑުއްވަރީ ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން އިންނަމާދޫ އިން ކާމިޔާބުކޮށްފި އެވެ.
26 Dec 2023
ތަފާތުބޮޑު ނަތީޖާއަކުން ބަލި ނަމަވެސް، ދުވާފަރާއި އެކު ރަސްމާދޫ ވެސް ސެމީއަށް
ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރާއި ރަސްމާދޫ ވާދަކުރި މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދުވާފަރުން ކާމިޔާބުކޮށްފިއެވެ.