ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
15 Jan 2024
އެފްރިކަން ކަޕް އޮފް ނޭޝަންސް: އެކުއަޓޯރިއަލް ގިނީ އިން ނައިޖީރިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ގުރޫޕް އޭގައި އާދިއްތަ ދުވަހުގެ އެކުއަޓޯރިއަލް ގިނީ އާއި ނައިޖީރިއާ އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
15 Jan 2024
ޔުނައިޓެޑާއި އެއްވަރުވެ، ހަތަރުވަނައަށް އެރުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ ހަތަރުވަނައަށް އެރުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.
15 Jan 2024
ވިނީގެ ހެޓްރިކާއެކު ބާސެލޯނާ ބަލިކޮށް ރެއާލް ޗެންޕިއަންކަން ހޯދައިފި
ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސްޕަރ ކަޕްގެ ފައިނަލުގައި ހޯމަ ދުވަހުގެ ރޭ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރަތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
14 Jan 2024
އޭޝިއަން ކަޕް: ވިއެޓްނާމް އަތުން މޮޅުވެ ޖަޕާނުން ފެށުން ރަނގަޅުކޮށްފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި 4-2 ގެ ނަތީޖާއަކުން ވިއެޓުނާމް ބަލިކޮށް ޖަޕާނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
14 Jan 2024
އެފްރިކަން ކަޕް އޮފް ނޭޝަންސް: އައިވަރީ ކޯސްޓުން މުބާރާތް ފެށީ މޮޅަކާއެކު
ކުލަގަދަ ރަސްމިއްޔާތަކާއެކު ހޮނިހިރު ދުވަހުގެ ރޭ އައިވަރީ ކޯސްޓުގައި ފެށި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ގިނީ ބިސާއު ބަލިކޮށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އައިވަރީ ކޯސްޓުން މުބާރާތްގެ ފެށުން ރަނގަޅުކޮށްފި އެވެ.
14 Jan 2024
އެއްވަނައިގައި އިންޓަ މިލާނަށް ފަސް ޕޮއިންޓްގެ ލީޑެއް
އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި މޮންޒާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އިންޓަ މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
14 Jan 2024
ސިޓީ އިން ލިވަޕޫލާއި ދެ ޕޮއިންޓަށް ކައިރިކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
13 Jan 2024
އަމިއްލަ ދަނޑުގައި ފުލަމް އަތުން ޗެލްސީއަށް އުނދަގޫ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޗެލްސީ އިން ކާމިޔާބުކޮށްފި އެވެ.
13 Jan 2024
އޭޝިއަން ކަޕް: އިންޑިއާ ބަލިކޮށް އޮސްޓްރޭލިޔާ އިން މުބާރާތް ފެށީ މޮޅަކާއެކު
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހަވީރު އޮސްޓްރޭލިޔާ އާއި އިންޑިއާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިޔާ އިން ކާމިޔާބުކޮށްފި އެވެ.
13 Jan 2024
އޭޝިއަން ކަޕް: ފުރަތަަމަ މެޗުގައި ލެބަނަން އަތުން ޗެންޕިއަން ގަތަރަށް ފަސޭހަ މޮޅެއް
ކުލަގަދަ ރަސްމިއްޔާތަކާއެކު އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ހުކުރުދުވަހުގެ ރޭ ގަތަރުގައި ފެށިއިރު، މުބާރަތުގެ ފުރަތަަމަ މެޗުގައި ވާދަކުރީ ގުރޫޕް އޭގެ ލެބަނަން އާއި މުބާރާތް ބާއްވާ ގައުމު ގަތަރެވެ. މި މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
12 Jan 2024
ފައިނު ޓީމުގެ އަމާޒަކީ އަތޮޅު ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދުން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ ރ. އަތޮޅު ފައިނު ފުޓްސަލް ޓީމުގެ އަމާޒަކީ މުބާރާތުގެ އަތޮޅު ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް އެޓީމުން ބުނެފިއެވެ.
12 Jan 2024
އޮސަސޫނާ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ބާސެލޯނާއަށް
ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަރ ކަޕް ސެމީފައިނަލްގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
11 Jan 2024
ލޮރެންޒޯ ކޮޅަށް ވިކްޓަރީން 8 ލަނޑު ޖަހައިފި
އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، ބުދަ ދުވަހު ހަވީރު ގުރޫޕް ސީގައި، ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
11 Jan 2024
އިތުވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ރެއާލް މެޑްރިޑް ފައިނަލަށް
ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަރ ކަޕްގެ ސެމީފައިނަލް ފުރަތަަމަ މެޗުގައި ބުދަ ދުވަހުގެރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު 3-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
11 Jan 2024
ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.
11 Jan 2024
ފަހަތުން އަރައި ފުލަމް ބަލިކޮށް ލިވަޕޫލުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
10 Jan 2024
18 އަހަރަށް ފަހު މިޑުލްސްބަރާ އިން ޗެލްސީ ބަލިކޮށްފި
އިގިރޭސި ލީގުކަޕް ސެމީގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން މިޑުލްސްބަރާ އިން ޗެލްސީ ބަލިކޮށްފި އެވެ.
10 Jan 2024
ވޮލީބޯޅަ: ގައުމީ ތަށި ކުލަބު ވެމްކޯ އިން ދިފާއުކޮށްފި
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި އަންގާރަ ދުވަހުގެ ރޭ ޕޮލިސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ސެޓުން ކާމިޔާބުކޮށް ކުލަބު ވެމްކޯ އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
10 Jan 2024
ދެވަނަ މެޗުން ވެސް މޮޅުވެ ޓެންޓް ސްޕޯޓްސް ކުލަބުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި އަންގާރަދުވަހުގެ ހަވީރު 5-1 ގެ ނަތީޖާއަކުން ދަ ގްރާންޑޭ އަތުން މޮޅުވެ ޓެންޓް ސްޕޯޓްސް ކުލަބުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
09 Jan 2024
ޖޭޖޭ ސްޕޯޓްސް ކުލަބު އަތުން މޮޅުވެ މަހިބަދޫ އިން ކުއާޓާގެ އުންމީދު ދަމަހައްޓައިފި
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ހޯމަ ދުވަހުގެ ހަވީރު ކުޅެވުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ބަލިކޮށް، މަހިބަދޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
09 Jan 2024
ޑަލޮޓް އަދި ފެނާންޑޭޒްގެ ލަނޑުތަކާއެކު ޔުނައިޓްޑް ހަތަރުވަނަ ބުރަށް
އިގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ހޯމަ ދުވަހުގެ ރޭ ރަށުން ތިންވަނަ ޑިވިޝަންގެ ވިގަން އެތްލެޓިކް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
08 Jan 2024
ރަށުން ބޭރުގައި ބާބަސްޓްރޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ހަތަރުވަނަ ޑިވިޝަންގެ ބާބަސްޓްރޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
08 Jan 2024
ފޮޑެންގެ ދެ ލަނޑާއެކު ހަޑާސްފީލްޑް އަތުން ސިޓީއަށް މޮޅެއް
އިގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ހަޑާސްފީލްޑާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން މުބާރަތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
08 Jan 2024
ލިވަޕޫލް އަތުން ބަލިވެ، އާސެނަލް އެފްއޭކަޕުން ކަޓައިފި
އިގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
07 Jan 2024
ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފަށައިފި
އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ގުޅިގެން ކ. ކާށިދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ އެކަޑަމީގެ ހަރަކާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ހަވީރު ބާއްވައިފިއެވެ.
07 Jan 2024
ކޮޕާ ޑެލްރޭގެ ދެވަނަ ބުރުން ޗެންޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އަރަންޑިނާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
07 Jan 2024
ޝާޒްލީ ގެ އިރުޝާދުގެ ދަށުން، ލެގޫންސުން މުބާރާތް ފެށީ މޮޅަކާއެކު
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ކްލަބް ޕީކޭ ބަލިކޮށް ލެގޫންސުން މުބާރާތް ފެށީ މޮޅަކާއެކު އެވެ.
07 Jan 2024
4 ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރި، މާރިއޯ ޒަގަލޯ މަރުވެއްޖެ
ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް މާރިއޯ ޒަގަލޯ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މަރުވެއްޖެކަމަށް އެޤައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.
06 Jan 2024
ޓީނޭޖް އަތުން މޮޅުވެ ބީޖީ ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ އިތުބާރާއެކު
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕު ބީގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި 6-1 ގެ ނަތީޖާއަކުން ކުލަބު ޓީނޭޖް ބަލިކޮށް ބީޖީ ސްޕޯޓްސް ކުލަބުން މުބާރަތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
05 Jan 2024
ގުންޑޮގާން އިތުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު ބާސެލޯނާ ތިންވަނައަށް
ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ލަސް ޕަލްމަސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި އެވެ.