ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
23 Aug 2023
އޭއެފްސީ ޗެންޕިްއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް އަލް ނަސްރު
އޭއެފްސީ ޗެންޕިްއަންސް ލީގުގެ ޕްލޭއޮފްގައި ޔޫއޭއީގެ ޗެންޕިއަން ޝަބާބު އަލް އަހްލީ ބަލިކޮށް 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އަލް ނަސްރު އިން މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު 4-2 ގެ ނަތީޖާއަކުންނެވެ.
22 Aug 2023
ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023 ގެ އޮފިޝަލް ކިޓް ސްޕޮންސަރަކަށް އެލިޓެޒް ޖާޒީ
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ އޮފިޝަލް ކިޓް ސްޕޮންސަރަކަށް އެލިޓެޒް ޖާޒީ ހަމަޖައްސައިފި އެވެ.
22 Aug 2023
މެޗުގެ ބޮޑުބައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު އާސެނަލް އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި
އިގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް އާސެނަލް މޮޅުވެއްޖެ އެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
20 Aug 2023
އިންގްލެންޑް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސްޕެއިނުން ހޯދައިފިއެވެ.
20 Aug 2023
44 ތައްޓާއެކު ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިއަކަށް މެސީ
ނޯތު އަދި ސެންޓްރަލް އެމެރިކާ ލީގު ކަޕްގެ ފައިނަލްގައި ނަޝްވީލް އެފްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިންޓަ މިއާމީ އިން ފުރަތަަމަ ފަހަރަށް ހޯދައިފި އެވެ. މި ކާމިޔާބީއާއިއެކު އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީއަށް ވަނީ ތާރީޚީ ރެކޯޑެއް ލިބިފައެވެ.
20 Aug 2023
ޕްރިމިއާ ލީގު: ވާދަވެރި ކުޅުމަކަށްފަހު ޔުނައިޓެޑް އަތުން ޓޮޓެންހަމް މޮޅުވެއްޖެ
އިގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ. މި މެޗު ޓޮޓެންހަމް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
20 Aug 2023
ލަލީގާ: ބެލިންހަމްގެ ދެލަނޑާއެކު އަލްމޭރިއާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި އަލްމޭރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އިގިރޭސި މިޑްފީލްޑަރު ބެލިންހަމް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
19 Aug 2023
އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށް ލިވަޕޫލް ތިންވަނައަށް!
އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އާއި ބޯންމައުތު ވާދަކުރި މެޗު، 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
19 Aug 2023
ކޭންގެ ފުރަތަމަަ ލަނޑާއެކު ޗެންޕިއަން ބަޔާން އަށް ފަސޭހަ މޮޅެއް!
ޖަރުމަނު ބުންޑަސްލީގާގެ ރޭ ރަށުން ބޭރުގައި ވާޑަރ ބްރޭމަން އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން ބަޔާން މިއުނިކުން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
19 Aug 2023
އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ޗެންޕިއަން އަލް ނަސްރު ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ!
ސައުދީ ޕްރޮފެޝަނަލް ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، އަލް ނަސްރު ލީގު ތާވަލުގެ 15 ވަނައަށް ވެއްޓިއްޖެ އެވެ. ރޭ އަމިއްލަ ދަނޑުގައި އަލް ތާވޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
17 Aug 2023
ޔުއެފާ ސުޕަކަޕްގެ ޗެންޕިއަންކަން މެންޗެސްޓާ ސިޓީ އިން ހޯދައިފި!
ޔޫއެފާ ސުޕަރ ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޔޫއެފާ ޗެންޕިއަންސް ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީއްޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އިން ކާމިޔާބުކޮށްފި އެވެ.
16 Aug 2023
އޮސްޓްރޭލިޔާ ބަލިކޮށް، އިންގްލެންޑް ވޯލްޑްކަޕް ފައިނަލަށް
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ އޮސްޓްރޭލިޔާ ބަލިކޮށް، މުބާރާތުގެ ފައިނަލުން ފުރަތަަމަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފި އެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ނެވެ
16 Aug 2023
ބަނގްލަދޭޝްގެ އަބަހާނީ ލިމިޓެޑް އަތުން ބަލިވެ، އީގަލްސް ޕްލޭއޮފް ބުރުން ކަޓައިފި!
އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް ބުރުގައި ބަންގްލަދޭޝަގެ އަބަހާނީ ލިމިޓެޑް އަތުން ބަލިވެ ރާއްޖެ ކުލަބު އީގަލްސް މުބާރަތުން ކަޓައިފި އެވެ. މި މެޗު އަބަހާނީ އިން ކާމިޔާބުކުރީ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ނެވެ.
16 Aug 2023
ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023، ޓައިޓަލް ސްޕޮންސަރ އަކަށް ސޭލްސްކޯ ހާރޑްވެއަރ!
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ ޓައިޓަލް ސްޕޮންސަރ އަކަށް ސޭލްސްކޯ ހާޑްވެއާ ހަމަޖައްސައިފި އެވެ.
16 Aug 2023
އިންޓަ މިއާމީ ފައިނަލަށް!
މިހާރު ކުރިއަށްދާ ނޯތު އަދި ސެންޓްރަލް އެމެރިކާގެ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ފިލަޑެލްފިއާ ޔޫނިއަން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޓަ މިއާމީ އިން ހޯދައިފިއެވެ. އަދި މިއީ މި މުބާރާތުގެ ފައިނަލުން އިންޓަ މިއާމީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
15 Aug 2023
ސްވިޑެން ބަލިކޮށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ.
15 Aug 2023
އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ހަނިގޮތަކަށް ޔުނައިޓެޑް މޮޅުވެއްޖެ!
އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ހަނިގޮތަކަށް އެޓީމު މޮޅުވެއްޖެ އެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ނެވެ.
15 Aug 2023
ލީގުގައި އަލް ނަސްރު ކުޅުނު ފުރަތަަމަ މެޗުން އެޓީމު ބަލިވެއްޖެ!
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އަލް ނަސްރުގެ ބަލިވެއްޖެ އެވެ. އަލް އިއްތިފާގާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުން ނެވެ.
14 Aug 2023
ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ޗެލްސީ އަށް މޮޅެއް ނުވެވުނު!
އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެން ނިމިއްޖެއެވެ.
13 Aug 2023
އަނަންތަރާ ބަލިކޮށް ފިނޮޅު ޗެންޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއިލް އުމަރު!
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ބާ ޒޯނުގެ ފައިނަލް މެޗުގައި މިއަދު ހަވީރު އަނަންތަރާ އާއި ފިނޮޅު ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަަމަ ފަހަރަށް ފިނޮޅުން ހޯދައިފިއެވެ.
13 Aug 2023
މެޗުގެ ބޮޑުބައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު އަލް ނަސްރުން އަލް ހިލާލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފި!
އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ފައިނަލުގައި ވާދަވެރި އަލް ހިލާލް ބަލިކޮށް ފުރަތަމަ ފަހަރަށް އަލް ނަސްރު އިން މުބާރަތުގެ ޗެންޕިއަންކަން ހޯދައިފި އެވެ. މެޗުގެ ބޮޑުބައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު އަލް ނަސްރުން މި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން ނެވެ.
12 Aug 2023
ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް އޮސްޓްރޭލިއާ އިން ފުރަތަަމަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
12 Aug 2023
އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހަވީރު ކޮލަމްބިއާ އާއި އިންގްލޭންޑް ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން އިންގްލެންޑުން ކާމިޔާބުކޮށްފިއެވެ.
12 Aug 2023
ބާންލޭ އަތުން ރަށުން ބޭރުގައި ޗެންޕިއަން ސިޓީއަށް ފަސޭހަ މޮޅެއް!
އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ބާންލޭ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ އިން ކާމިޔާބުކޮށްފި އެވެ.
11 Aug 2023
ވައްކަރު އަތުން މޮޅުވެ، ފައިނަލްގެ ދެވަނަ ޖާގަ އަނަންތަރާ އަށް!
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ބާ ޒޯނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން ވައްކަރު ބަލިކޮށް އަނަންތަރާ އިން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.
11 Aug 2023
ވާދަވެރި ކުޅުމަކަށްފަހު މިލައިދޫ ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ފިނޮޅަށް!
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ބާ ޒޯނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މިލައިދޫ ބަލިކޮށް ފިނޮޅުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
11 Aug 2023
ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފިއެވެ.
11 Aug 2023
ނެދަލޭންޑްސް ބަލިކޮށް، ފުރަތަމަ ފަހަރަށް ސްޕެއިން ސެމީފައިނަލަށް!
އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑްސް ބަލިކޮށް ސްޕެއިނުން ފުރަތަަމަ ފަހަރަށް ވޯލްޑްކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
10 Aug 2023
އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި އީގަލްސް ކުޅޭ މެޗަށް ވަގުތު ދިނުމުގެ ގޮތުން މާޒިޔާ މެޗު ފަސްކޮށްފި!
އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި ރޭ މާޒިޔާއާއި ކުލަބް އީގަލްސް ވާދަކުރުމަށް ހަމަޖެހިފައި އޮތް މެޗު ފަހުގެ ތާރީޚަކަށް ފަސްކޮށްފި އެވެ.
10 Aug 2023
ގްރީން ސްޓްރީޓް މެޗަށް ހާޒިރު ނުވުމުން، ޓީސީ މޮޅުވިކަމަށް ނިންމައިފި!
އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިހަފްތާގެ އަންގާރަދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓް ވާދަކުރުމަށް ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓް ހާޒިރުވެފައި ނުވާތީވެ، ޓީސީ އެމެޗުން މޮޅުވިކަމަށް ނިންމައިފިއެވެ.