ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
02 Apr 2022
މުޅި ސޯޝަލް މީޑިއާ ސަލްމާނު މިސްކިތުން ފުރާލައިފި ލަހުފާ ހަލީލް
މި ދެ ދުވަހު ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމަކަށް ވަތް ކަމުގައި ވީނަމަވެސް ފެނިގެންދަނީ ކިންގް ސަލްމާނު މިސްކިތުގެ ފޮޓޯއަކާއި ވީޑިއޯތަކެވެ.
29 Mar 2022
89 އަހަރުވީ ފުލުހުންގެ ޚިދުމަތުގެ ކުލަ ފޭދި، އެ މުއައްސަސާއަށް ކުރާ އިތުބާރުވެސް ފޭދިއްޖެ!
ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެ ބައެއްގެ ކޮނޑުގައި އުފުލަމުން އަންނަ މުއައްސަސާއެވެ. މިއަދަކީ ފުލުހުންގެ މުއައްސަސާގެ ނޫ ކުލައިގެ ބަދަހި ސަފުތަކުން އެ މަސައްކަތް ކުރަމުން އަންނަތާ 89 އަހަރު ފުރުނުދުވަހެވެ.
28 Mar 2022
ނަޝީދުގެ ފޮޓޯގަނޑު ދައްކައިގެން ގޮނޑިތަކަށް ހޮވުނު މީހުން މިއަދު ނަޝީދަށްވުރެ ބާރު ގަދަވީ؟
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ހިތަށް ނަގައިގަނެވޭނީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދުގެ ތަސްވީރެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ހޯދާދިނުމަށް ނަޝީދު މަގުމަތީގައި ދުވެ އަޑުއުފުލާ އުޅުނު ގޮތުގެ މަންޒަރުތަކެވެ. ޕާޓީގައި ރައްޔިތުންގެ މަގުބޫލުކަން އެންމެ ބޮޑީވެސް ނަޝީދުގެއެވެ.
15 Mar 2022
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިއިރުވެސް ގެންނަން ބުނި ވެންޓިލޭޓަރުތަކަށް ވީގޮތެއް ނޭނގޭ!
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ގޮތް ނޭނގޭ ރޯގާއަކާއެކު މުޅި ދުނިޔެ އަށް ސިހުން ގެނުވިއެވެ. އެތާ ދުވަސްކޮޅެއް ފަހުން އެ ވައިރަހަށް ކޯވިޑް-19 ގެ ނަމުން ނަންދީ އެއީ އާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައެވެ. އެއާއެކު ހުރިހާ ގައުމަކުންވެސް އެ ވައިރަހާއި ހަނގުރާމަކުރުމަށް ތައްޔާރުވާން ފެށިއެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ވަރުގަދަ ޕްރޮޓޮކޯލުތަކެއް ހެދިއެވެ.
10 Mar 2022
ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމަށް ދައްކާ ހުއްޖަތު، ކިހާ ވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއް؟
ވ.އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތު ގަބޫލުކުރިކަމާއި، މަނީ ލޯންޑަރކުރިކަމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ. އެމަނިކުފާނު އެކަމަށް އިންކާރުކުރައްވައެވެ. އަނެއްކޮޅުން އެ މުއާމަލާތާއި ގުޅިގެން ރިޝްވަތު ދިންކަމަށް ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތްކަމަށްވާ ޔޫސުފު ނައީމު ވަނީ އެކަމަށް އިންކާރުކޮށްފައެވެ.