ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
12 Oct 2022
ބިލުތައް ބޭރުކުރިޔަށް ގާސިމް ކުރައްވާ އިޚުލާސްތެރި މަސައްކަތް ފަނޑެއް ނުކުރެވޭނެ: ޖޭޕީ
ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ހުށައެޅުއްވި ބިލުތައް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލެއްވި ނަމަވެސް ގާސިމް ކުރައްވަމުން ގެންދަވާ އިޚުލާސްތެރި މަސައްކަތް ފަނޑުކޮށް ނުލެވޭނެކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.
12 Oct 2022
ރައީސް ސޯލިހުއަކީ ކުރިން ރަނގަޅު ބޭފުޅެއް: ސަލީމު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަކީ ކުރިން ވަރަށް ރަނގަޅު ބޭފުޅެއްކަމަށާއި، އެމަނިކުފާނު ހަލާކުކޮށްލީ ހުށާމަތުކޮށްގެންކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ބ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.
12 Oct 2022
ކޯޓާ އިތުރުކުރުމަށް ފޮނުވި ސިޓީގެ ޖަވާބު ލިބުނުތޯ ބަލާލީވެސް ދެ އަހަރު ފަހުން
ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ހައްޖު ކޯޓާއަށްވުރެ އިތުރަށް ކޯޓާ ހޯދުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ސައިދޫ ސަރުކާރަށް ފުނިއްވި ސިޓީގެ ޖަވާބު ލިބިލައްވާފައިވޭތޯ އިސްލާމިކް މިނިސްޓްރީއިން ފުރަތަމަ ބައްލަވާފައިވެސް ވަނީ ސިޓީ ފޮނުއްވިތާ 2 އަހަރުފަހުންކަން ހާމަވެއްޖެއެވެ.
12 Oct 2022
"މަޖިލީހުގައި މަސްތުވާތަކެތި ނުގެންގުޅޭކަން އެނގޭނީ ބްރެތް-އެނަލައިޒާ ބަހައްޓާލީމަ"
ރައްޔިތުން މަޖިލީހުގެ ގޯތި ތެރޭގައި، ޑްރަގާއި ޒާތް ޒާތުގެ މަސްތުވާތަކެތި ގެންގުޅޭކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސްތުހެ ހާލުގައި މަޖިލިސްކުރައްވާ ގޭގައި ތިއްބަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ތުހުމަތުކުރައްވައިފިއެވެ.
11 Oct 2022
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފި
މަސްވެރިންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ގޮވާލާ އިދިކޮޅުން އިއްޔެ މާލޭގެ މާރުކޭޓު ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން، އެކަކު ފިޔަވާ އެހެން އެންމެން ދޫކޮށްލައިފިއެވެ.
11 Oct 2022
މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ބަލާނެކަމަށް ނިޔާޒުގެ އިންޒާރެއް!
މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިންޒާރު ދެއްވައިފިއެވެ.
11 Oct 2022
ގާސިމް ހުށައެޅުއްވި ތިން ބިލުވެސް މަޖިލީހުން ބޭރުކޮށްލައިފި
ރައްޔިތުންގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ހުށައެޅި އިސްލާހު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ގާސިމް އިބުރިމް މަޖިލީހަށް ހުށައެޅުއްވި 3 ބިލުވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
11 Oct 2022
އިލެކްޓްރޯނިކް ވޯޓަކުން ބައި-އިލެކްޝަންތައް ބޭއްވުމަށް ގޮވާލައިފި
އިލެކްޓްރޯނިކް ވޯޓިން ނިޒާމެއްގެ ތެރެއިން ބައި-އިލެކްޝަންތައް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ގޮވާލައްވައިފިއެވެ.
11 Oct 2022
"ބައި-އިލެކްޝަންތަކަށް ވަގުތު ހުސްކޮށްފައި އެހެންކަމެއް ކުރާނެ ވަގުތެއް ނޯވޭ"
އަވަސްއަހަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމަކީ ތަރައްގީއަށް ކުރަން ހުންނަ މުހިންމު މަސައްކަތްތައް ކުރުމަށް ގިނަ ވަގުތުތަކެއް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ސިފަކުރައްވާ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
11 Oct 2022
"ޓެކްސް ބޮޑުކުރަން ހުށައެޅީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެންގުންތަކާއި ދެކޮޅަށް"
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައެޅި ހުށައެޅުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެންގުންތަކާއި ރިކޮމެންޑޭޝަންތަކާއި ދެކޮަޅަށް ހުށައެޅި ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށުދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
11 Oct 2022
"ސްރީލަންކާ ބަނގުރޫޓުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ނުކުރީމަ"
ސްރީލަންކާ ބަނގުރޫޓުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަންވީ ދަނޑިވަޅުގައި އެކަން ނުކުރެވުމުންކަމަށާއި، އެ ގޯސް ދިވެހި ސަރުކާރުން ހަދައިގެން ނުވާނެކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
06 Oct 2022
މެންޓަލް ހެލްތު ބިލުގެ އަދި އޮތީ ޑްރާފްޓެއް
2019 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ރައީސް އޮފީހަށް ފޮނުވި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ "މެންޓަލް ހެލްތު" ބިލުގެ ޑްރާފްޓު މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މިހައްމަދު ވިދާޅުވެއްޖެއެވެ.
06 Oct 2022
"ހައްގު ނުވާ މީހަކަށް އެވޯޑެއް ނުދެން"
ފަތުރުވެރިކަމުގެ އެވޯޑު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުްގައްޔޫމަށް ނުދިން ސަބަބު ރައީސް އޮފީހުގެ ތަރުޖަމާނަށް ސާފުކޮށެއް ނުދެވުނެވެ.
06 Oct 2022
"މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުނޑާލައިފި، ކަނޑު ފަޅުތައް ވިއްކާލައިފި"
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއެރުވުމަށް އެކުލަވާލާފައިވާ ސިޔާސަތު ފެއިލުވެފައިވާކަން ފާހަގަކޮށް އިދިކޮޅު އިއްތިހާދުން ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
05 Oct 2022
ދައުލަތުން މަސައްކަތް ކުރީ އޮޅުވާލައިގެން ހެކި ހުށައަޅަން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާދަތަކާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އޮޅުވާލުމެއްގެ ތެރެއިން އާ ހެކިތަކެއް ހުށައެޅުމަށް ދައުލަތުން މަސައްކަތްކޮށްފައިވާކަން ހާމަވެއްޖެއެވެ.
05 Oct 2022
ވ. އާރަށް މައްސަލަ: ހެކި ދިރާސާކުރުމަށް އިތުރު ވަގުތުދީ އާ އަޑުއެހުމެއް ނޮވެމްބަރަށް
ވ. އާރަށު މައްސަލައިގައި ހެކި ދިރާސާކުރުމަށް ދިފާއަށް އިތުރު ވަގުތުދީ އާ އަޑުއެހުމެއް ނޮވެމްބަރަށް ތާވަލުކޮށްފިއެވެ.
05 Oct 2022
ޔޫސަބަލް ރިޒާވް ގުނުން ގަވަރުނަރަށް އޮތީ މަނާކޮށްފަ: ސައީދު
ދައުލަތުގެ ޔޫސަބަލް ރިޒާވް ގުނުން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އޮތީ މަނާކޮށްފައިކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
05 Oct 2022
"އަހަރަކު ދެ ފަހަރު ވިޔަވަތި ކޮންފަރެންސް ބާއްވަނީ ތިން މުގޯލު ކުޅެން"
އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބާއްވާގޮތަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ ރަނގަޅު ދިރާސާއެއްގެ މައްޗަށް ހަދާފައިވާ އިސްލާހެއް ނޫންކަން ފާހަގަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ނުރުހުން ފާޅުކުރައްވައިފިއެވެ.
05 Oct 2022
"ދަރިވަރުންނަށް ރީތި ސިފަތައް ދަސްކޮށްދިނުމަށް ޓީޗަރުން ނަމޫނާ ދައްކަވާ"
ދަރިވަރުންނަށް ރީތި ސިފަތައް ދަސްކޮށްދީ ކުދިންގެ ގައިގައި އަށަގެންނެވުމަށް މުދައްރިސުން ނަމޫނާ ދެއްކެވުމަށް ތައުލީމީ ވަޒީރު ޑރ.ޢާއިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.
04 Oct 2022
"350 މިލިއަން ރުފިޔާ ކޮމަންޑޫ ބައި-އިލެކްޝަނަށް ޚަރަދު ކުރި، ދެ ކޮަމަންޑޫ ގުޅާލެވިއްޖެތޯ"
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނަށް ސަރުކާރުން 350 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، އެކަމުން ނެރެދެވުނު ނަތީޖާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
04 Oct 2022
"ވެހިކަލެއް ނެތް ރަށްރަށުގައިވެސް ޑްރައިވަރުން އެބަތިބި، ސަރުކާރުން މުސާރަ ދޭ"
ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ފައިސާ ނަގަމުންދާއިރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކުރައްވާ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
04 Oct 2022
ވިލްޕައިން ނެރުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ
އަޒުހާނުގެ މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާރަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުނީ އެ މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރެވުމްދާ މައްސަލައަކަށް ވާތީކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
04 Oct 2022
"ޕޮލިސް ބަޔާން ނެރެ ސްޓޯރީ ނިންމާލައިފި"
18 ސެޕްޓެމްބަރު ގައި ހުޅުމާލެއިން ގެއްލުނު އަޒުހާނުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރެ ސްޓޯރީ ނިންމާލާފައިވާކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
04 Oct 2022
ސައިބަރ ސެކިއުރީޓާއި ގުޅޭ މުހިންމު ދެ ގާނޫނު ހިމަނާ ބިލެއް
ސައިބަރ ސެކިއުރިޓީއާގުޅޭ މުހިއްމު ދެ ޤާނޫނެއް ޑްރާފްޓުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
04 Oct 2022
ކޯވިޑް ވެކްސިން ދިނުމުގެ މައްސަލަ ކޯޓަށް
ކޯވިޑް-19 ވެކްސިން ދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާއި މިންގަނޑުތަކާއި ޚިފާލު އަމަލުތަކެއް ދައުލަތުން ހިންގާފައިވާކަމަށް ތުހުމަތުކޮށް ކޯވިޑް-19 އާއި ގުޅޭ ނިންމުންތަކުގެ މައްސަލަ ބަލައިދިނުމަށް ޖުޑިޝަލް ރިވިއުގެ ދައުވާއެއް ސިވިލްކޯޓަށް ހުށައަޅައިފިއެވެ.
04 Oct 2022
"މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީއިން ވިޕްލައިން ނެރުމުން ލަދުގަނެއްޖެ"
މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިން ނެރެފައިވާކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހާމަކުރައްވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
04 Oct 2022
އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރި، ލިބުނީ 12 ވޯޓު: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ދުރުކުރުމަށް ޕާޓީގެ ތެރެއިން އިތުބާރު ނެގުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އެކަށީގެންވާ ތާއީދެއް ނުލިބުނުކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Oct 2022
"ގޭ" ކުއްޖަކު ގޭގައި ބަހައްޓައިދިނުމުން ނަޝީދު ހުރީ ކޮމްޕްރޮމައިސް ވެފަ
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިހާރު ހުންނެވީ ކޮމްޕްރޮމައިސް ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
04 Oct 2022
"ޑްރިފްޓިން މައްސަލަ ޖެހުނީ ދަންވަރު އެކަން ކުރަން ހުއްދަ ނުދިނީމަ"
ޑްރިފްޓު ކުރުމަށް ބޭނުންވާ ކުދިންނަށް ހަވީރުގެ ވަގުތުތަކުގައި އެކަން ކުރުމަށް ހުއްދަ ދީފައިވާކަމަށާއި، މައްސަލަ ޖެހުނީ ދަންވަރު އެކަން ކުރުމަށް ހުއްދަ ނުދިނުމުންކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
03 Oct 2022
"ދައުލަތުގެ މީޑިއާއަށް ދަރަނިވެސް ފެންނަނީ ހިލޭ އެހީގެ ގޮތުގައި"
ދައުލަތުގެ މީޑިއާއަށް ދަރަންޏާއި ހިލޭ އެހީ ވަކިކުރަން ނޭގޭކަން ފާހަގަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.