ޝަރީފް މަޖިލީހުގެ ކޮމެޓީއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Oct 2022 | 10:08
ޝަރީފް ރައީސް ނަޝީދަށް: މަޖިލީހުގައި މަސްތުވާތަކެތި ނުގެންގުޅޭކަން އެނގޭނީ ބްރެތް-އެނަލައިޒާ ބަހައްޓާލީމަ!

ރައްޔިތުން މަޖިލީހުގެ ގޯތި ތެރޭގައި، ޑްރަގާއި ޒާތް ޒާތުގެ މަސްތުވާތަކެތި ގެންގުޅޭކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސްތުހެ ހާލުގައި މަޖިލިސްކުރައްވާ ގޭގައި ތިއްބަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ތުހުމަތުކުރައްވައިފިއެވެ. 

ޝަރީފު މިފަދައިން ތުހުމަތުކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މަޖިލީހުގައި މަސްތުވާތަެކތި ގެންގުޅޭކަމަށް ޝަރީފް ތުހުމަތުކުރެއްވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެނެދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކއަކާއި ގުޅިގެން ކޯފަވެ ނަޝީދަށް ރައްުދެއްވަމުންނެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ޝަރީފް ވަނީ ދުނިޔޭގެ އިގްތިސާދަށް އެއްވެސް ކަހަލަ ލޮޅުމެއް ނާރާކަމުގައި ދެކިގެން މެމްބަރުން ވާހަކަދެއްކެވުން ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހަކީ ބުނާކުރަނިވި ޚިޔާލު ފާޅުކުރެވޭ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި މަޝްވަރާކޮށްގެން ހައްލު ހޯދޭ ތަނަކަށް ވާން ޖެހޭކަމަށެވެ. އެއްމެމްބަރަކު އަނެއް މެމްބަރަކާއި ދޭތެރޭގައި އޮންނަ ޒާތީ ތައައްސުބާއި ނަފްރަތާއި ރުޅިވެރިކަމުގައި މަޖިލީހަކީ ޒުވާބުކޮށް ގައުމު ސުންނާފަތިކުރާ ތަނަކަށް  ވެގެން ނުވާނެކަމަށް ޝަރީފު ވިދާޅުވިއެވެ. 

އެހެން ނަމަވެސް މަޖިލީހުގައި އެފަދަ ކަންކަން މިރާހު ހިނގަމުންދާކަމަށް ހިތާމައާއެކު ފާހަގަކުރަން ޖެހޭކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު އެހެން ވިދާޅުވުމާއެކު ނަޝީދު ވަނީ އޭނާގެ ވާހަކަ މެދުކަނޑާލައްވާފައެވެ. އަދި އެންމެ ފުރަތަމަ މަޑުޖައްސަވާލަން ޖެހެނީ ޝަރީފުކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޝަރީފު ދެއްކެވި ވާހަކައާއި ގުޅިގެން ނަޝީދު ނުރުހުން ފާޅުކުރެއްވިއެވެ. 

"އަޅުގަނޑަށް އެންމެ ފުރަތަމަ ޖެހޭނީ އިއްޒަތްތެރި މެމްބަރު މަޑުޖައްސާލަން ނޫނީ ވާހަކަފުޅު  ރަނގަޅު މަގުގައި ބަހައްޓަވަން ދަންނަވަން. އިއްޒަތްތެރި މެމްބަރު އެ މަގަށް އަމަލުކުރެއްވީމާ  އަޅުގަނޑު ހިތުން ކަންކަން ވަރަށް ރަނގަޅު މަގެއްގައި ކުރިއަށްދާނެ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެހެން ވިދާޅުވުން ޝަރީފުވެސް ވަނީ ނުރުހުން ފާޅުކުރައްވާ ނަޝީދަށް ރައްދެދެއްވާފައެވެ. އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ނަޝީދު އެ މޭރުމުން ވާހަކަދެއްކެވުމަކީ ހިތާމަ ކުރައްވާކަމެއްކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ މިއަދު މަޖިލީހަކީ ޑްރަގް އައްޑާއަކަށް ވެގެން ގޮސްފައިވާކަމަށެވެ.  އަދި މަޖިލިސް މެމްބަރުން ފާޅުގައި ޑްރަގު ބޭނުންކޮށްގެން މަޖިލީސްކުރާ މާލަމަށް ވަންނަވާކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. 

"މި އިއްޒަތްތެރި މަޖިލީހަކީ ޑްރަގުގެ އައްޑާއަކަށް ވެގެން ނުވާނެ. މަޖިލިސް ގޯތިތެރޭގައި ފާޅުގައި ޑްރަގު ބޮއެގެން މަސްތުގެ ހާލުގައި މި ތަނަށް އައިސް  މީހުންނާއި ދިމާލަށް ހިތުކުރި އެއްޗެއް ގޮވުމުގެ ފުރުސަތު މި ގަތުގައި ދެވިގެން ނުވާނެ"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް

އެއަށްފަހު އޭނާ ވަނީ މަޖިލީހުގައި މެމްބަރުން ޖަލްސާކުރާ މާލަމަށް ވަންނަނީ މަސްތުގެ ހާލުގައި ނޫންކަން ކަށަވަރުކުރުމަށް ބްރެތް-އެނަލައިޒާ ބެހެއްޓުމަށް ގޮވާލައްވާފައެވެ. 

އެހާ ހިސާބުން ނަޝީދު އަނެއްކާވެސް ޝަރީފުގެ ވާހަކަ މެޑުކަޑުއްވާލެއްވުމަށްފަހު އޭނާ އެ ކުރައްވާ ތުހުމަތުތައް ދޮގުކުރެއްވިއެވެ. އަދި މަޖިލީހުގައި އެފަދަ ކަމެއް ނުހިނގާކަމަށް ނަޝީދު ވިދާޅުވިއެވެ. 

"މިހާރު އިއްޒަތްތެރި މެމްބަރު ތިޔަ ކުރައްވާ ކަމަކީ  އެއީ މިތަނުގެ ގަދަރާއި އިއްޒަތް ނަގާލުމަށް  ސާބިތު ނުހިފޭ ބާވަތުގެ ވާހަކަ ދައްކަވަމުން ގެންދިއުން.  މި ތަނުގައި ޑްރަގެއް ނުގެންގުޅޭނެ، މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް"

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ވާހަކަތަކަށްފަހުވެސް ޝަރީފު އެ ތުހުމަތުތައް ތަކުރާރުކުރެއްވިއެވެ.  އަދި ނަޝީދު އެ ވިދާޅުވާ ފދައިން މަޖިލީހުގައި ޑްރަގް ނުގެންގުޅޭކަމެއްވެސް އަދި މެމްބަރުން މަޖިލީސްކުރާ މާލަމުގައި ތިއްބަވާއިރު ތިއްބަވަނީ މަސްތުގެ ހާލުގައި ނޫންކަންވެސް ޔަގީން ކުރެވޭނީ ބްރެތް-އެނަލައިޒަރެއް ބެހެއްޓީމަ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. 

" އަޅުގަނޑު މި ދެންނެވީ މި ކަންކަމާއި ދޭތެރޭގައިވެސް އެބަ ޖެހެޔޭ ފުންކޮށް ވިސްނަން.  ބްރެތް އެނަލައިޒަރެއްވެސް ބެހެއްޓީމަ އެނގޭނީ އެ ވިދާޅުވާ އެއްޗެއްގެ ހަގީގަތް"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް

މަޖިލީހުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝަރީފު ތަކުރާރަުކޮށް ތުހުމަތުކުރައްވާ ދެއްކެވި ވާހަކަތަކަށްފަހު އޭނާ ވަނީ އޭނާގެ ވާހަކަ ކުރުކޮށްލާފައެވެ. 

ކޮމެންޓް
ސާރިމް
މިހާރް އެގޮތަކަވެސ ކަމަކް ނުދޭ ސަރުކާރުން ކަންތަ ކުރާގޮ
13 Oct 2022
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ