ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
20 Oct 2022
އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު ސޯލިހު އައްޔަންކޮށްފި
ނެޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓު އިމާދު ސޯލިހު ހަމަޖައްސަވައިފިއެވެ.
20 Oct 2022
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާދެއްވައިފިއެވެ.
20 Oct 2022
ހުޅުމާލޭގައި ރެއިންބޯ ސެންޓަރަލް ހުޅުވައިފި
ހުޅުމާލޭގައި ރެއިންބޯ ސެންޓަރަލް ހުޅުވައިފިއެވެ.
20 Oct 2022
ކެލާ އަންހެނުން ތަކެތީގެ އަގު އަތްފޯރާފަށަށް ތިރިކުރީ ވާ ޖަހައިގެން!
ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ކެލާގެ ގެއެއްގައި ދެ އަންހެނުން ތަފާތު ގޮތަކަށް އިހުތިޖާޖުކޮށްފިއެވެ.  އެ ދެ އަންހެނުން އިހުތިޖާޖު ކުރާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.  އެ ވީޑިއޯގައި ފެނިގެންދަނީ އެ ގޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ކާބޯތަކެތީގެ ބާވަތްތަކުގައި ވާޖަހާ ފިލާގަނޑެއްގައި އައްސާފައިވާތަނެވެ. އަދި އެ ފިލާގަނޑުގައި "އަތްފޯރާފަށުގައި"، މިފަދައިން ލިޔެފައިވެއެވެ.
20 Oct 2022
"މި ދައުރު ނިމޭއިރު އިތުރަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއް ނޯންނާނެ"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު އަސާސީގޮތުން ގާއިމްކޮށްދޭން ޖެހޭ ޚިދުމަތެއް ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
20 Oct 2022
އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމަށް މަރުކަޒީ ބޭންކު ދެކޮޅު
2023 ވަނަ އަަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމަކީ މައުކަޒީ ބޭންކު (އެމްއެމްއޭ) އިން ރުހޭކަމެއް ނޫންކަން ހާމަކުރައްވައިފިއެވެ.
20 Oct 2022
ފަތުރުވެރިން އަންނާނެ އަދަދު: ދެ މިނިސްޓަރުންގެ އަންދާޒާ ދިމައެއް ނުވޭ
2023 ވަނަ އަހަރު ދިވެހިރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރެވޭ ފަތުރުވެރިންގެ އަދަދާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވި އަންދާޒީ ހިސާބުތަކާއި ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމު ހާމަކުރެއްވި ހިސާބުތަކާއި ދިމާނުވާކަން ހާމަވެއްޖެއެވެ.
20 Oct 2022
ނުކުޅެދޭ މީހެއްގެ ވީލްޗެއަރ ވަގަށް ނަގައިގެން ދަނިކޮށް އަތުލައިގެންފި
ނުކުޅެދޭ މީހެއްގެ ވީލްޗެއަރ ވަގަށް ނަގައިގެން ދަނިކޮށް އަތުލައިގެންފިއެވެ.
19 Oct 2022
"ޒަޔާން މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައި"
މިދިޔަ ޖޫންމަހު ހިންގި މާރާމާރީއެއްގައި މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައިކަން ފުލުހުން ހާމަކޮށްފިއެވެ.  ފުލުހުން މިފަދައިން ހާމަކުރައްވާފައިވަނީ ޒަޔާން މަރާއި ގުޅޭގޮތް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.  އެ ޕްރެސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ޒަޔާނަށް ހަމަލާދިންވަގުތު އޭނާ ހުރީ، އޭނާގެ ގޭގައިކަމަށާ، އެގެއަށް ފުލުހުން ދިޔައިރު ޒަހަމްތަކާއެކު ޒަޔާން އޮތް ކަމަށެވެ.
19 Oct 2022
"ދަނޑުތައް އަޅާ ވަރުން، މިހާރު އަޅުގަނޑަށް ކިޔަނީ ފުޓްސެލް މިނިސްޓަރު"
ރަށްރަށުގައި ފުޓްސެލް ދަނޑުތައް ގިނަ އަދަދަކަށް އަޅަމުންދާތީ، "ފުޓް ސެލް މިނިސްޓަރޭ" ކިޔާ ނަން ހަރުކުރަމުންދާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާލުވެއްޖެއެވެ.
19 Oct 2022
"ސިޔާސީ ޕާޓީތަކަށް ލާރިދޭކަށް ނުޖެހޭ، ލާރި ހޯދަން ޗަންދާ ނަގާ"
އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ލާރި ދޭން ނުޖެހޭކަމަށާއި، ސިޔާސީ ޕާޓީތަކުން ލާރި ހޯދަންވާނީ މެމްބަރުން އަތުން ޗަންދާ ނަގައިގެންކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
19 Oct 2022
"ރައީސް ޞާލިހު ވެރިކަން ކުރާ ގޮތަށް ޕާޓޭ އަކުވެސް ވެރިކަން ކުރާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުންދާ ގޮތަށް މަގުމަތީގައި އުޅޭ "ޕާޓޭ" އަކުވެސް ވެރިކަން ކުރައްވާނެކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
19 Oct 2022
"ރައްޔިތުންނަށް ވޯލްޑްކަޕް ދެއްކުމުގެ ފެންވަރު، ދައުލަތަކު ނެތް"
މީގެ 35 އަހަރުކުރިން 1986 ވަނަ އަހަރުގައިވެސް ދިވެހި ދައުލަތުން ރައްޔިތުންނަށް ވޯލްޑްކަޕް ދެއްކި ކަމަށާއި، އެހެން ނަމަވެސް މިއަދު އެކަން ކުރާނެ ގޮތެއް ސަރުކާރުގެ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
19 Oct 2022
"މީޑީއާނެޓުން ގެސްޓު ހައުސް ރޫމުތަކުން 25 ޑޮލަރު ނަގަންފަށާނެ"
ކޭބަލް ޓީވީގެ ޚިދުމަތް މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު މިހާރު އެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން ގެންދާ މީޑިއާނެޓަކަށް ދީފިކަމަށް ވާނަމަ، ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ހުރި ކޮންމެ ކޮޓަރިއަކުން އެ ޚިދުމަތަށް 25 ޑޮލަރު ނަގަން ފަށާނެކަމަށް މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
19 Oct 2022
"ބްރޯޑްކޮމް އިން ގަވައިދު ހެދީ ނުލިބޭ ބާރެއް ބޭނުންކޮށްގެން"
ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދެއް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވަނީ އެ ކޮމިޝަނަށް ނުލިބޭ ބާރެއް ބޭނުންކޮށްގެންކަމަށް މަޖިލީހުގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
18 Oct 2022
"އެފްކޯންސްއިން އައްޑޫގައި ހަދާ މަގުތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑު"
އިންޑިއާގެ އެފްކޯންސް ކުންފުނިން އައްޑޫ ސިޓީގައި ހަދަމުންދާ މަގުތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
18 Oct 2022
މަގުމަތިން ހޮވި 10000 ރުފިޔާގެ ވެރިފަރާތް ހޯދަނީ!
އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10000 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
18 Oct 2022
އިންޓަޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް!
ފަރަންސޭސި ވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް ލިބިފައިވާކަން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.
18 Oct 2022
ޖެހޭ މީހެއްގެ ގޮތުން ރަނގަޅު މީހުންވެސް ނުބައިވޭ: އިމްރާން
ބައެއްފަހަރު ޖެހޭ މީހެއްގެ ގޮތުން ރަނގަޅު މީހުންވެސް ގޯސްވާ ފަހަރު އަންނަކަމަށް ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ހިއްސާދަރެއްކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.
18 Oct 2022
މީޑިއާނެޓުގެ ވޯލްޑްކަޕަށް ޚާއްސަ ޕެކޭޖު: ރިސޯޓުތަކަށް ވިއްކަނީ 5000 ޑޮލަރަށް
ވޯލްޑްކަޕް މެޗުތައް ބެލުމަށް މީޑިއާނެޓުން ޚާއްސަ ޕެކޭޖުތައް އެކުލަވާލާ، ރިސޯޓުތަކަށް އެ ޕެކޭޖުތައް 5000 ޑޮލަރަށް ވިއްކުމަށް ނިންމައިފިއެވެ.
18 Oct 2022
"ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ޓެކްސް ބިލް ފާސްކޮށްގެން ނުވާނެ"
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލު މަޖިލީހުން ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ފާސްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
18 Oct 2022
"ކޯލިޝަންގައި ތިބީ ހީލަތްތެރިން، އެބޭފުޅުންނަށް ދެން ޖާގަ ނުދެއްވާތި"
ވެރިކަން ދިފާއުކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ލީޑަރުންނަކީ ހީލަތްތެރިންކަމަށާއި، ދެން އެބޭފުޅުންނަށް ރައްޔިތުން ޖާގަ ނުދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އެދިލައްވައިފިއެވެ.
17 Oct 2022
ރައީސް ޔާމީންގެ ހއ ދަތުރުފުޅުގެ ފަހު މަންޒިން ދިއްދޫއިންވެސް ހޫނު މަރުހަބާއެއް!
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމއްޗަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލްކަމަށްވާ ހއ ދިއްދޫއަށް ވަޑައިގެންފިއެވެ.
17 Oct 2022
"އެމްއެމްޕީއާރުސީގެ ހަރާން ލާރި އަޅުގަނޑެއް ނުގެންގުޅެން"
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގި ކޮރަޕްޝަންގެ ތެރެއިން ހޯދި ލާރީގައި ޖެހިވަޑައިގެންފައި ނުވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
17 Oct 2022
"މި ގައުމުގައި ސެކިއުލާ ވެރިކަމެއް ކުރާކަށް ޖާގައެއް ނުދޭނަން"
ދިވެހިރާއްޖޭގައި ސެކިއުލާ ނުވަތަ އަލްމާނީ ދައުލަތެއް ހިންގުމަށް ޖާގަ ނުދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
17 Oct 2022
ބާރަށު ސުކޫލުގައި ދިވެހި ކިޔަވައިދެނީ އިންޑިއާ މީހެއް: ޝުޖާއު
ބާރަށު ސުކޫލުގައި ދިވެހި މާއްދާ ކިޔަވައިދެމުން ދަނީ އިންޑިއާ ޓީޗަރެއްކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
17 Oct 2022
މަސްދަރު ހާމަކުރުން ހައިކޯޓަށް ލާޒިމް ކުރެވޭ އިސްލާހެއް!
މަސްދަރު ހާމަކުރަން ލާޒިމު ކުރެވޭނީ ހައިކޯޓަށްކަމަށް ބަޔާންކޮށް ހެއްކާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.
17 Oct 2022
ދަނޑުވެރިންނަށް ޚާއްސަ އިންޝިއުރެންސް ޕެކޭޖެއް ތައާރަފް ކުރަނީ
ރާއްޖޭގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ޚާއްސަ އިންޝިއުރެންސް ޕެކޭޖުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
17 Oct 2022
ޚިޔާނާތުން ގެއްލުނު އެންމެ ރުފިޔާއެއްވެސް އަދި ނުހޯދޭކަން ހާމަވެއްޖެ
ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާަގެ ތެރެއިން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ހޯދިފައި ނުވާކަން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ.
17 Oct 2022
ދިރާސާނުކޮށް ސަރުކާރުން ބިލު ފޮނުވާތީ އިމްތިޔާޒު ފާޑުވިދާޅުވެއްޖެ!
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅާއިރު، ދިރާސާނުކޮށް ބިލުތައް ފަރުމާކުރަމުންދާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.