ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
17 Oct 2022
"އިސްލާހު ހުށައަޅަނީ ފަނޑިޔާރުގެ އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށް"
ފަނޑިޔާރުންގެ ގާނޫނަށް ފުލުފުލުގައި އިސްލާހުތައް ހުށައަޅަމުންދަނީ، ފަނޑިޔާރު ގެއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.
17 Oct 2022
ދަރަނި އަދާކުރާކަށް އެއްވެސް ދައްޗެއް ނެތް: އަމީރު
ދައުލަތުން އަދާކުރަންޖެހޭ ދަރަނި ދެއްކުމަށް އެއްވެސް ކަހަލަ ހުރަހެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
17 Oct 2022
"ޕީޕީއެމް މެމްބަރުން ތިބީ ލަދުން ގެއިން ނިކުންނަންވެސް ނުކެރިފައި"
މި ސަރުކާރުން ވޭވަށުގައި ހިންގާ މަޝްރޫއުތައް ފެނި ވާދަވެރި ސިޔާސީ ޕާޓީ (ޕީޕީއެމް) ގެ މެމްބަރުން ތިބީ ލަދުން ގެއިންވެސް ނިކުންނަން ނުކެރިފައިކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވެއްޖެއެވެ.
17 Oct 2022
"2023 ބޯމަތިވާއިރު ރައީސް ސޯލިހު ދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެ"
2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އިބުރާހިމް މުހައްމަދު ސޯލިހު ދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
17 Oct 2022
"ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދޭނަން"
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވައުދުވެވަޑައިގެންފިއެވެ.
17 Oct 2022
"ރޯހައުސްއަށް އެދުމަށް 969 އިން ފޮނުވަނީ ސްކޭމް މެސެޖުތަކެއް"
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ހަދާފައިވާ ރޯހައުސް ފްލެޓުތަކަށް އޮންލައިންކޮށް އެދެވޭނެކަމަށް ބުނެ 969 ނަންބަރުން ފޮނުވަނުން ދަނީ ސްކޭމް މެސެޖުތަކެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
16 Oct 2022
"ރައްޔިތުންގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ދަރަނި އަޅުވައިފި"
ދަރަނި ނެގުމަކީ ބޮޑު ފާފައެއްކަމަށް ރައްޔިތުންނަށް ވިސްނައިދިން މީހުން ވެރިކަމަށް ރައިސް ކޮންމެ ދިވެއްސެއްގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ދަރަންޏެއް އަޅުވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
16 Oct 2022
ޔާމީންއަށް ތުރާކުރުން ހޫނު މަރުހަބާއެއް، ދެން ވަޑައިގަންނަވާނި ކެލާއަށް!
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ ތުރާކުނަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
16 Oct 2022
"3700 ގެ އާބާދީ އޮތް އިހަވަންދޫއިން ޕީޕީއެމްއާއި ގުޅުނީ 3 މީހުން"
3700 ގެ އާބާދީއެއް އޮތް ހއ އިހަވަންދޫއިން ޕީޕީއެމްއާއި ގުޅުނީ އެންމެ 3 މީހުންކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
16 Oct 2022
އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދުއަށް ގެންގޮސްފި
އައްޑޫ ސިޓީގައި ހުރި ޑީކޯ ޗެމްބަރު ތިނަދޫއަށް ގެންގޮސްފިއެވެ.
16 Oct 2022
"ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް 35000 އެޕްލިކޭޝަން ހުށައަޅައިފި!
ގެދޮރިވެރިކަމުގެ ޕޯޓަލް މެދުވެރިކޮށް 35000އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
16 Oct 2022
"ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން"
މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ.
16 Oct 2022
ވާނުވާ ޖަހާފައި ތިބި މީހުން މިނިވަން ކުރާނަން: ރައީސް ޔާމީން
މާތް ރަސްކަލާނގެ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއިދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކަމިޔާބުވެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދަތު ޖަހާފައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
16 Oct 2022
"އަޅުގަނޑަކީ ރިއެކްޓު ކުރާ މީހެއް، ރައްޔަތުން ކަމަކު ބުނީމަ 3 ދުވަހު ނިދާކަށް ނޯވެވޭ"
ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރުމުން، އެކަން ހައްލުކޮށްނުދީ ރިއެކްޓު ނުކޮށް ހުންނަވަން ދަތިފުޅުވާކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
15 Oct 2022
ކައުންސިލްގެ ހައްގުތައް ހިމާޔަތްކުރުމަށް ވިދާޅުވި ބަސްފުޅާއި އަމަލާ ދިމައެއް ނުވޭ: ޝުޖާއު
ގާނޫނު އަސާސީއިން ކައުންސިލްތަކަށް ލިބިދޭ ހައްގުތަށް ހިމާޔަތްކޮށެއްދޭނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ބަސްފުޅާއި އަމަލާއި ދިމާނުވާކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
15 Oct 2022
މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލްއިން ޚާއްސަ އެވޯޑެއް ދީފި!
ބޭންކް އޮފް މޯލްޑިވްސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބީއެމްއެލްއިން ޚާއްސަ އެވޯޑެއް ދީފިއެވެ.
15 Oct 2022
އިހަވަންދޫއިން ރައީސް ޔާމީންއަށް ހޫނު ބަރުހަބާއެއް، މިރޭ ބޮޑު ޖަލްސާ ބާއްވަނީ!
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
15 Oct 2022
މިންހާޖު ގެއްލުން: ފެނުނު މީހާ ތެދު މައުލޫމާތު ނުދޭކަމަށް ފުލުހުން ބުނެފި
އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖު އާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ އަހުމަދު ތަހުގީގަށް ދެމުން އަންނަނީ މުޅިން ތެދު މައުލޫމާތުތަކެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
15 Oct 2022
ޝިއާއު މަރުވި ފަހުން ވެސް ބޮޑެތި އަނިޔާތަކެއް ދީފައި ވޭ: ފުލުހުން
ހ. ޝީރީން ވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
15 Oct 2022
އަޒުހާނުގެ މަރު: ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ޕޯސްޓްމޯޓަމުން ނުދައްކާ!
ސެޕްޓެމްބަރު 18 ވަނަ ދުވަހު ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެ ކުނިވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާނުގެ ހަށިގަނޑުގެ ވަގުތީ ޕޯސްޓްޕޯޓަމް ނަތީޖާއިން ހަޑިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިނުވާަކަން ދެނެގަނެވިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
15 Oct 2022
ޝިއާއު އަދި އަޒުހާނުގެ މަރާއި ގުޅުމެއް ނެތް: ފުލުހުން
ހ.ޝީރީން ވިލާގައި އަނިވާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާއި، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާނުގެ މަރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
15 Oct 2022
ޝިއާުގެ މަރު: ޝާހިލްގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި އެބަހުރި
ހ. ޝީރީން ވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިޢާއު މުހައްމަދު ސައީދު (22 އަހަރު) ގެ މައްސަލައިގައި ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ހޯދިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
13 Oct 2022
ެެި އިދިކޮޅުގެ މުޒާހަރާގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފި
މަސްވެރިންނަށް ވީ ވައުދުތައް މި ސަރުކާރުން ނުފުއްދާތީ އިދިކޮޅުން ކުރިއަށް ގެންދިޔަ މިޒާހަރާގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފިއެެވެ.
13 Oct 2022
"މިނިސްޓަރު އާ ވާހައެއް ވިދާޅެއް ނުވޭ، ކުރެއްވި ކަމަކީ ތަސައްވަރު އޮޅުވާލުން"
ރާއްޖޭގެ އިގްތިސާދީ ހާލަތު ބަޔާންކުރެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.
13 Oct 2022
ލ. ގަމު ސްޓޭޑިއަމްގައި ފެންބޮޑުވުމާއި ގުޅިގެން ދިފާއީ ބާރުން ހަރަކާތްތެރިވަނީ!
ވިއްސާރަވުމުގެ ސަބަބުން ލ. ގަމު ސްޓޭޑިއަމްގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރުން ފަށައިފިއެވެ.
13 Oct 2022
އަގުހެޔޮކޮށް ތެޔޮ ހޯދުމަށް ބަހުރެއިންއާއި މަޝްވަރާކޮށްފި
ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ އަގުހެޔޮކޮށް ހޯދުމަށް ބަހުރެއިންއާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވިދާޅުވެއްޖެއެވެ.
13 Oct 2022
"ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ގޮސްފި"
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒުނާ އަހުމަދުގެ ފޮޓޯތަކުން ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓު ފުރާލާފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ފާޑުވިދާޅުވެއެވެ.
13 Oct 2022
"2023ގެ ބަޖެޓުގައި ޖަހަން ނުޖެހޭވަރަށް ޕްރޮޖެކްޓުތައް އެބަ ކުރިއަށްދޭ"
އަންނަ އަހަރު ބަޖެޓުގައި ހިމަނަން ނުޖެހޭ ވަރަށް މިހާރުވެސް ގިނަ ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
13 Oct 2022
އަންހެނުންގެ ހެދުމުގައި ފިރިހެނުން: އާންމު މި ކުރަނީ ކޮންކަމެއް؟
އަންހެނުން ފިރިހެނުންގެ ހެދުން އެޅުމާއި، ފިރިހެނުން އަންހެނުންގެ ހެދުން އަޅުމުގެ ސަގާފަތް "ނޯލަމައިޒް" ކުރުމުގެ މަސައްކަތް ކުރަމުންދާކަމީ ދިވެހި މުޖުތަމައުން މިއަދު ފެންނަމުންދާ މަންޒަރެކެވެ.
12 Oct 2022
ކަނޑުމަހުގެ ސްޓޮކް އިޔާދަކުރުމަށް އައިއޯޓީސީ ފެއިލްވެއްޖެ
ކަނޑުމަހުގެ ސްޓޮކް އިޔާދަކުރުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން ފެއިލްވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.