ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
17 Dec 2023
ވަޒީރުންނަށް ރުހުންދޭން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދޭ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
17 Dec 2023
"6 މަސްތެރޭ ދެ ބޯޓު ގެނެސް އައު މަންޒިލުތަކަށް ދަތުރުތައް ފެށޭނެ"
ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭ ޤައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެނެސް އައު މަންޒިލްތަކަށް ރާއްޖެއިން ދަތުރުތައް ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
17 Dec 2023
އެސްޓީއޯއިން ކޮންޓްރޯލު ރޭޓެއްގައި ފިޔާ ވިއްކަން ފަށައިފި
ފިޔާގެ އަގު ހިފެހެއްޓުމެއް ނެތި މަތިވަމުންދާ މައްސަލައަށް ޙައްލު ހޯދުމަށް އެސްޓީއޯއިން ކޮންޓްރޯލު ރޭޓެއްގައި ފިޔާ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކަން ފަށައިފި އެވެ.
17 Dec 2023
މަސްވެރިކަން ޕްރޮމޯޓުކުރަން ޚާއްސަ ކުންފުންޏެއް އުފައްދަނީ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިސްތިހާރުކޮށް މާކެޓުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން"ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
09 Dec 2023
ޖޭޕީގެ ނައިބު ލީޑަރުކަމަށް 4 ބޭފުޅުން ކުރިމަތިލައްވައިފި
ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް 4 ބޭފުޅުން ކުރިމަތިލައްވައިފި އެވެ.
09 Dec 2023
"އައްޑޫ ޕްލާންޓުގައި މައްސަލަޖެހުނީ މަރާމާތުނުކޮށް ގިނަދުވަސްވީމަ"
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ އާރޯޕްލާންޓުގެ ވީއެފްޑީ ޑްރައިވްގައި މައްސަލަ ޖެހުނު މައިގަނޑު ސަބަބަކީ މަރާމާތު ކުރުމާއި ބެލެހެއްޓުން ކުރިއަށް ގެންދަންވީ ގޮތާއި ގުޅޭގޮތުން އިދާރާތަކުން އަންގާފައިވާ ގޮތަށް ފެނަކައިގެ ކުރީގެ މެނޭޖުމެންޓުން އެ މަސައްކަތްތައް ކޮށްފައި ނުވާތީ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
09 Dec 2023
"މައްސަލަ މުޅިން ހައްލުކުރެވި އައްޑޫއަށް މިރޭ ފެނުގެ ޚިދުމަތް ފެށޭނެ"
އައްޑޫ ސިޓީގައި ބަހައްޓާފައިވާ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިފައިވާއިރު، އެ މައްސަލަ މުޅިން ހައްލުކޮށް އެންމެ ލަސްވެގެން މިރޭ އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
09 Dec 2023
"ފުށިދިއްގަރުފަޅު މަޝްރޫއު ބަޖެޓުން އުނިކުރުމަކީ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން"
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރުފަޅު މަޝްރޫއު މިއަހަރުގެ ބަޖެޓުން އުނިކުރުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ.
09 Dec 2023
އަމީނީމަގުގެ ނުނިމި ހުރި ސެގްމަންޓުގެ މަސައްކަތް ފަށައިފި
މާލޭގެ އަމީނީ މަގުގެ ނުނިމި ހުރި ސެގްމަންޓުތަކުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީން) ފަށައިފި އެވެ.
09 Dec 2023
ރައީސް މައުމޫން އަދި ރައީސް ޔާމީންގެ ބޮޑުދައިތަ ރަންފުޅު އަވަހާރަވެއްޖެ
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޮޑުދައިތަ ގ. ކެޓޭނިޔާ އުންމުކުލްޘޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ.
08 Dec 2023
ކަނޑުން ގެއްލުނުބައި ހޯދަން ބަޖެޓަށް 10 މިލިއަން އިތުރުކޮށްފި
ޗާގޯސް މައްސަލަ ނިންމި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ހިމަނަން ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކޮށްފި އެވެ.
08 Dec 2023
ބޭނުންޖެހިފައިތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ބަޖެޓުގައި ކަނޑައަޅައިފި
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިންޑައިރެކްޓު ސަބްސިޑީ އުވާލާ، ކޮންމެހެން ބޭނުން ޖެހިފައި ތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ކަނޑައަޅައި ބަޖެޓު ދިރާސާ ކޮމެޓީން ބަޖެޓު ފާސްކޮށްފި އެވެ.
08 Dec 2023
ފެނަކަ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓްކުރަނީ
ފެނަކަ ކޯޕަރޭޝަންގެ ހާލަތު ދެނެގަތުމާއި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެތެރޭގެ އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
07 Dec 2023
ފުށިދިއްގަރުފަޅު މަޝްރޫއު ބަޖެޓުން އުނިކޮށްފި
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުން ފުށިދިއްގަރުފަޅު މަޝްރޫއަށް ހިމަނާފައިވާ ބަޖެޓު އުނިކޮށްފޮ އެވެ.
07 Dec 2023
އަންނަ އަހަރުގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
07 Dec 2023
އެންޓި ކޮރަޕްޝަން ޓްރަސްޓު ފަންޑު އިފްތިތާހުކޮށްފި
މޯލްޑިވްސް އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
06 Dec 2023
"ފްލެޓުތަކުގެ ކުލި ކުޑަކޮށްގެން އާބަންކޯއަށް އެއްވެސް ގެއްލުމެއް ނުވާނެ"
ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްދީގެން އާބަންކޯއަށް މާލީގޮތުން އެއްވެސް ގެއްލުމެއް ލިބިގެން ނުދާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
06 Dec 2023
"ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފިން"
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ފްލެޓު ހަރުކުރުމުގެ މަސައްކަތް އާބަންކޯއިން ފަށާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހާމަކުރައްވައިފި އެވެ.
06 Dec 2023
"ގެދޮރުވެރިޔާ ސްކީމް މަޑުޖައްސާލަން އޭސީސީން އެންގީ ނިމުނުފަހުން"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްލޭނިން މިނިސްޓްރީއަށް އެންގީ، އެ އިދާރާއިން އެ މަސައްކަތް ނިންމާލި ފަހުން ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
06 Dec 2023
"ފަޅުން ގޯތި ދޫކުރީ އެއީ ކޮންމެ ވަގުތެއްގައިވެސް ހިއްކާ ނިމިދާނެ ތަންތަނަށް ވާތީ"
މާލެ ސަރަހައްދުން ނުހިއްކާ ހުރި ފަޅުތަކުން ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނިންމީ، އެއީ އެ ތަންތަނަކީ ކޮންމެ ވަގުތަކުވެސް ހިއްކާ ނިމިދާނެ ތަންތަނަށް ވާތީ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
06 Dec 2023
އަސްލަމް ވަޑައިނުގަންނަވާތީ ފްލެޓު މައްސަލައިގެ ސުވާލުތަކަށް ޖަވާބެއް ނުހޯދުނު
ފްލެޓް ލިސްޓު ގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުނުކުރުމުން މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ
05 Dec 2023
"89 ބޭރު ސިފައިން އެބަތިބި، އަދަދު މުޅިން ސާފެއް ނޫން"
މިހާތަނަށް ބެލި ބެލުމުން އިންޑިއާ ސިފައިންގެ 89 މީހުން ރާއްޖޭގައި ތިބިކަން ދެނެގަނެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މި އަދަދަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
05 Dec 2023
"ގެޒެޓުކުރި ލިސްޓާއި އެއްގޮތަށް ގޯއްޗާއި ފްލެޓު ދޭނަން"
ފްލެޓު ނުވަތަ ގޯތި ލިބޭނެކަމަށް ކަނޑައަޅާ ސަރުކާރުން ގެޒެޓުގައި ޝާއިއުކޮށްފައި ލިސްޓެއް އޮތް ނަމަ، އެ ލިސްޓުގައިވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓު ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
05 Dec 2023
"އާ އަހަރުން ފެށިގެން ސުކޫލު ސެޝަންތައް ފަށާނީ ޤައުމީ ސަލާމުން"
އާ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ސުކޫލުތަކުގެ ސެޝަން ޤައުމީ ސަލާމުން ފަށަން ސަކުރާރުން ނިންމައިފި އެވެ.
05 Dec 2023
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފި
ހިޔާ ފިނިޝިން މަސައްކަތަށް ރައްޔިތުންގެ ޖީބުން ކުރި ޚަރަދު އިއާދަ ކުރެއްވުމަށް ހިޔާ ފްލެޓުގެ ކުލި ބޮޑުތަނުން ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
05 Dec 2023
"ފެނަކައިން ވަޒީފާ ދިނީ ނޮވެމްބަރު 17 އަށް ކޮންޓުރެކްޓް ހަމަވާގޮތަށް"
ފެނަކަ ކޯޕަރޭޝަނުން ގިނަ ބަޔަކަށް ވަޒީފާތައް ދީފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 އަށް އެ މުވައްޒަފުންގެ ވަޒީފާގެ ކޮންޓުރެކްޓު ހަމަވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
05 Dec 2023
"ވަޒީފާއިން މީހުން ކަނޑާ ވާހަކަ ދައްކަން ތިބޭތާ 15 އަހަރުވީ"
ރިޔާސީ އިންތިޚާބުތަކަށް ފަހު، ވެރިކަން ބަދަލުވުމާއެކު އާ ސަރުކާރުން މީހުން ވަޒީފާއިން ކަނޑާ ވާހަކަ ދައްކާލަ ދައްކާލަ ތިބޭތާ 15 އަހަރު ވެގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.
05 Dec 2023
"ހޯރަފުށީ ދާއިރާއިން ކަނޑާލި 22 މީހުންގެ ހައްގުގައި ތެދުވާނަން"
ނިމިދިޔަ ސަރުކާރުން އިންޑިއާ އާއި އެކު ފެށި ބޮޓްލިން ޕްލާންޓު މަޝްރޫއުގައި މަސައްކަތްކުރާ ހޯރަފުށީ ދާއިރާގެ 22 މީހަކު ވަޒީފާއިން ކަނޑާލާފައިވާ ކަމަށާއި، އެމީހުންގެ ހައްގުގައި ތެދުވާން ފަސް ނުޖެހޭނެކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
05 Dec 2023
"ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ"
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އިންޒާރު ދެއްވައިފި އެވެ.
05 Dec 2023
ކަނޑުން ގެއްލުނުބައި ހޯދުން އަވަސްކުރުމަށް ޤާސިމް ގޮވާލައްވައިފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެއްޓެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.