އަހުމަދު އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Dec 2023 | 13:59
ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ: އަހުމަދު އަބްދުالله

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އިންޒާރު ދެއްވައިފި އެވެ. 

އެބޭފުޅާ މިފަދައިން އިންޒާރު ދެއްވާފައިވަނީ ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅާއި ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ނެވެ. 

އޭނާގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކޮށްދެވީ އޯގާތެރި ވެރިކަމެއް ކަމުގެ އިހުސާސް މިއަދު ރައްޔިތުން ކުރަމުންދާ ކަމަށެވެ. 

ރައްޔިތުން ބަދަލަކަށް ވޯޓު ދިނީ ފަހަރެއްގައި ވެސް ހުޝާމަދުކޮށްގެން ނޫން ގޮތަކަށް ވަޒީފާ ނުލިބޭނެ ހާލަތު އުފައްދާ، ވަޒީފާތަކުން މީހުން ކަނޑާ ގެއަށް ފޮނުވުމަށް ނޫން ކަމަށް އަހުމަދު އަބްދުالله ވިދާޅުވި އެވެ. 

"އަޅުގަނޑު ސަރުކާރަށް ގޮވާލަނީ ދިވެހިރައްޔިތުންނާއި މެދު ބޭ އިންސާފު ނުވުމަށާއި، އަދި މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާކަމަށް ބުނެ ޕޯސްޓު ނުޖަހާ މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ދައްކަމުންދާ ބިރު މިހިނދުން މިހިނދަށް ހުއްޓާލަން. އެއީކީ އެއް ނޫން ދިވެހިރައްޔިތުން ގެނައި ބަދަލަކީ. އެއީކީ އެއް ނޫން ދިވެހި ރައްޔިތުން މިއަދު އެދޭގޮތަކީ"

ބާރަށު މެމްބަރު އަހުމަދު އަބްދުالله

މެމްބަރު އަހުމަދު އަބްދުالله އިތުރަށް ވިދާޅުވީ ސަރުކާރުން އެފަދައިން އަމަލުތައް ނުކުރާނަމަ ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަަށެވެ. 

މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީގެ އަތުގައި ކަމަށް އަހުމަދު އަބްދުالله ވަނީ ސަރުކާރަށް ހަނދާންކޮށްދެއްވާފަ އެވެ.

"މި ކަންކަން ނުހުއްޓުވާކަމަށް ވާނަމަ މި އިއްޒަތްތެރި މަޖިލީހުގެ ބާރުގެ ބޭނުންކޮށްގެން މި ކަންކަން ހުއްޓުވަން ޖެހިދާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. މި އިއްޒަތްތެރި މަޖިލީހުގައި މިއަދު އަޅުގަނޑުމެންގެ މެޖޯރިޓީ އެބޮތް"

ބާރަށު މެމްބަރު އަހުމަދު އަބްދުالله

އަހުމަދު އަބްދުالله ގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ފެނަކަ ކުންފުނިން މީހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ފާހަގަކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. 

ފެނަކަ ކުންފުނިން މީހުން ވަޒީފާއިން ނުކަނޑާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވުމަށްފަހު، މިއަދު އެއާއި ޚިލާފަށް ކަންކަން ކުރައްވަމުން ގެންދިއުމަކީ މި ސަރުކާރުގެ މިސްރާބާއި މެދު ސުވާލު އުފެދޭ ކަމެއްކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަހްމަދް ރަސީދު
ގެނެވުނީ ދޮގު ގަދާ ސަރުކާރެއް. ވަރަށް ދެރަކޮށް ކުރެވުނު ކަމެއް
05 Dec 2023
މުހައްމަދު
އެއްވެސް މަސައްކަތެއް ނެތި ހަމަ އެކަނި ސޮއިކޮށްލާ ގޮތަށް ވަޒީފާ ދީގެން ކިހިނެތް އެތަން ރަން ކުރާނީ. އެނޫން ގޮތަކަށް ވަޒީފާ އުފައްދަން ޖެހޭ. ކެމްޕޭނަށް ފައިސާ ބަހަން ވަޒީފާ ތަކެއް ދިނުމަކީ މިކަހަލަ މައްސަލަ ދިމާވާނެކަމެއް.
05 Dec 2023
އަހުމަދު
މުވައްޒިފުންކަމަށް ވާނީ އޮފީހުގައި އިންނާނެ ގޮނޑި މޭޒާއި ކުރާނެ މަސައްކަތް ހަވާލުވެފައި ތިބޭ މީހުން. މަސައްކަތެއް ނުކުރުވާ ބަޔަކަށް މުސާރަދިނުން ވާނީ ހިންގީ ޖަރީމާ އަކަށް. މިކަހަލަ ޖަރީމާއަށް ޖާގަދީފައި ނުބޭއްވޭނެ.
05 Dec 2023
ށަވިޔަނި
މިހާރު އޮތީ ނެޕޮޓިޒަމް. ވަޒީފާ ދެނީ ތިމާގެ މީހުންނަށް. ބަނޑޭ ބޭބެއަށް ޑީއެމްޑީ ކަން ޝާޑު އަންހެނުންނަށް ޑީއެމްޑީކަން. ސަރުކާރެއް ކިހިނެއް މިވަރުން ހިންގާނީ.
05 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.