އަކްރަމް މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލީސް
ހަބަރު
06 Dec 2023 | 13:37
ފަޅުން ގޯތި ދޫކުރީ އެއީ ކޮންމެ ވަގުތަކުވެސް ހިއްކާ ނިމިދާނެ ތަންތަނަށް ވާތީ: އަކްރަމް

މާލެ ސަރަހައްދުން ނުހިއްކާ ހުރި ފަޅުތަކުން ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނިންމީ، އެއީ އެ ތަންތަނަކީ ކޮންމެ ވަގުތަކުވެސް ހިއްކާ ނިމިދާނެ ތަންތަނަށް ވާތީ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ. 

ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފަށުން 4000 ފްލެޓު ބަހާލާފައިވާ ގޮތާއި ގުޅޭގޮތުން ސުވާލުކުރުމަށް ސްޓޭޓް މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. 

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ނުހިއްކާ ހުރި ފަޅުތަކުން ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގޯތިތަކެއް ސަރުކާރުން ބަހާލީ ކޮން ސަބަބަާއި ހުރެތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން ނުހިއްކާ ހުރި ތަންތަނުން ގޯތި ދޫކުރިއިރު، އެކަން ފަހުވަގުތަށް މަޑުނުކޮށް، ކޯވިޑް-19 ގެ ދުވަސްވަރުގައި ކުރިއަށް ނުގެންދެވެވީ ކޮން ސަބަބަކާއި ހުރެތޯ ވައްޑެ އެއްސެވި އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ކުރީގެ ޕްލޭނިން މިނިސްޓަރު އަކްރަމް ވިދާޅުވީ ސަރުކާރުން ގޯތި ދޫކުރީ އެ ތަންތަން ވަރަށް އަވަހަށް ހިއްކާ ނިމޭނެކަމަށް ބަލައިގެން ކަމަށެވެ.

އެގޮތުން ކޮންމެ ވަގުތަކު ވެސް ގޯތި ދިން ސަރަހައްދުތަކުން ބިން ހިއްކައި ނިމިދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ހިއްކަންވެގެން އެގްރިމެންޓުކޮށް ހިއްކަމުން އެދަނީ. ހަމަ ކޮންމެ އިރެއްގައި ވެސް ނިމިދާނެ. މޫސުމަށް ދިމާވާ ކަންކަމުން ލަސްވަމުން އެބަދޭ. ކޮންމެ ގޮތެއް ވިޔަސް މި ހުރިހާތަނެއް ހިއްކާ ނިމޭނެ އަޅުގަނޑުމެންގެ ޝެޑިއުލް އޮތް ގޮތުން ޖެނުއަރީގެ ނިޔަލަށް"

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރީ ވަރަށް މާތް މަގްސަދެއްގައި ކަމަށެވެ. 

ފަހަރެއްގައި ވެސް އެއީ އަވަސް އަރުވާލައިގެން ކުރި ކަމެއް ނޫން ކަމަށާއި، އަދި އެއީ ނުހިއްކާ ހުރި ތަންތަނުން ބަޔަކަށް ގޯތިތަކެއް ދޫކުރުންކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. 

ކޮމެންޓް
ބުނެލީ
ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީ އަހަރުމެންގެ އަތަށް ލިބުނީ އެސަރަހައްދު ހިއްކުމަށް ފަހު
06 Dec 2023
އަލިފުތު
ބަޔަކަށް ނޭގުނަސް ރާއްޖޭގެ މާލޭގައި މީގެ ކުރިންވެސް ފަޅުން ގޯތި ވަނީ ދީފައެވެ. އަދި އޭރުގައި ފަޅުން އެމީހެއްގެ ގޯތި ހިއްކަން ޖެހެނީވެސް އެމީހަކު އަމިއްލައަށެވެ.
06 Dec 2023
ސުން
މީކިހިނެއްވެފަހުރި ބުރާންޗެއްތަ؟ބަލަ ފުލެޓްވެސް އެންމެނަށް ދޭންވީނުން.އެއީވެސް ކޮންމެވެސް ދުވަހަކުން އަޅާނެ ތަންތަން.ކަލޭމެން ވޯޓް ލިބޭނެކަމަށް ޖެހި މަޅި އެއީ.
06 Dec 2023
ހިސާބު
މާލޭގެ ސްޓަރ ސިނަމާ ހުންނަ ހިސާބަކީ ސަރުކާރުން މީސްމީހުންނަށް ދިނީމަ އެބަޔަކު އަމިއްލައަށް ހިއްކާފަ ގެތައް އަޅާފައުވާ ހިސާބެއް.
07 Dec 2023
މިކޯ
އަކްރަމް މިތަނުގައި ދައްކާފައިވަނީ މުހިންމު ވާހަކަތަކެއް
07 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.