ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން--- ފޮޓޯ/ މަޖިލިސް
ހަބަރު
07 Dec 2023 | 23:19
ފުށިދިއްގަރުފަޅު މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުން އުނިކޮށްފި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުން ފުށިދިއްގަރުފަޅު މަޝްރޫއަށް ހިމަނާފައިވާ ބަޖެޓު އުނިކޮށްފި އެވެ. 

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ދިރާސާކުރާ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ވަނީ ފާސްކޮށްފަ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފަ އެވެ. 

ފުށިދިއްގަރުފަޅު މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު މަޝްރޫއެވެ. 

މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ޕްލޭނުގައި ހިމަނާފައެވެ. 

އެހެން ނަމަވެސް ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ބަޖެޓު ފާސްކުރިއިރު މި މަޝްރޫއަށް ކަނޑައަޅާފައިވާ ބަޖެޓު ވަނީ އުނިކޮށްފަ އެވެ. 

އެ މަޝްރޫއުގެ ބަދަލުގައި އެ ފައިސާ ބަޖެޓު ދިރާސާކުރާ ކޮމެޓީން ކަނޑައަޅާފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއަށެވެ.

އެގޮތުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ހިމެނި 400 މިލިއަން ރުފިޔާއާއެކު ޖުމްލަ 600 މިލިއަން ރުފިޔާ އެތަންތަން ހިއްކުމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ގެދޮރު އިމާރާތް ކުރުމަށާއި ބޯހިޔާވަހިކަމަށް ސަރުކާރުން ބަޖެޓުގައި ޖުމްލަ 4.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.