ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
06 Nov 2023
ނަޝީދު މައްސަލަ: މަޖިލީހަށް ފެނުނު ޙައްލަކީ ޤަވައިދު އިސްލާހުކުރުން
ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮއްވާ އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ގަވައިދު ބަދަލުކޮށްގެން ކަމަށެވެ.
06 Nov 2023
ނަޝީދުގެ މައްސަލަ: ބަންޑާރަ ނައިބުގެ ސްޓޭންޑު ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހަށް ހުށައެޅި މައްސަލަ ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރިމްކޯޓުގައި އެދިއްޖެ އެވެ.
05 Nov 2023
މީޑިއާ ކައުންސިލަށް ލިބެންޖެހޭ 6 ލައްކަ ރުފިޔާ ނުހޯދިވޭ: އޮޑިޓް
މޯލްޑިވްސް މީޑިއާ ކައުންސިލަށް އަނބުރާ ލިބެންޖެހޭ 6 ލައްކައަށް ވުރެ ގިނަ ފައިސާ ނުލިބިވާކަމަށް އެ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
04 Nov 2023
މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
04 Nov 2023
"ޕީޕީއެމް-ޕީއެންސީ ރޫޅައެއް ނުލެވޭނެ، ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި"
ޕީޕީއެމް-ޕީއެންސީއަކީ އެކަތިގަނޑެއްގެ ގޮތުގައި އޮތް ދެ ޕާޓީ ކަމަށާއި، ޕާޓީ ބައިބައިކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
02 Nov 2023
"މަޝްރޫއުތައް ހުއްޓާލަން އަންގަނީ ގެއްލުންތަކެއް ލިބިދާނެތީ"
އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު މި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތައް ހުއްޓާލަން އަންގަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ދައުލަތާއި ރައްޔިތުންނަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިދާނެކަމުގެ އިހުތިމާލު އޮތުމުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފަ އެވެ.
02 Nov 2023
ނަޝީދުގެ މައްސަލައަށް ތަދައްޚުލްވާން ޕީޕީއެމް-ޕީއެންސީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލްވާން ޕީޕީއެމް-ޕީއެންސީން ނިންމައިފި އެވެ.
02 Nov 2023
2024 ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއަށް 600 މިލިއަން
ހުވާކުރައްވާތާ ދެތިން މަސްތެރޭ ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ފުށިދިއްގަރުފަޅު މަޝްރޫއަށް އަންނަ އަހަރަށް ލަފާކޮސް ދައުލަތުން ހުށައަޅާ ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ.
02 Nov 2023
ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ބަޖެޓުގައި ހިމަނައިފި
ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި ހިމަނައިފި އެވެ.
01 Nov 2023
ފްލެޓުތައް ވަކި ބަޔަކަށް ބަހާލަން އުޅޭ މައްސަލަ އޭސީސީއަށް!
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީކުރި 4000 ހައުސިން ޔުނިޓު އެއްވެސް އުސޫލެއް ނެތި ވަކިބަޔަކަށް ބަހާލަން އުޅޭކަމަށް ބުނެ އެ މައްސަލަ ބަލާދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށައަޅައިފި އެވެ.
01 Nov 2023
ޕީޕީއެމް-ޕީއެންސީ މަޖިލީސް އިންތިޚާބު ޕްރައިމަރީ ޖެނުއަރީގައި ބާއްވަނީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕާޓީގެ ޕްރިމަރީ އަންނަ ޖެނުއަރީމަހު ބާއްވާނެކަން އެ ކޯލިޝަނުން އިއުލާނުކޮށްފި އެވެ.
01 Nov 2023
ރައީސް ޔާމީން ހިޔާ ސަރަހައްދަށް ވަޑައިގަންނަވަނީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ބޮޑުބައެއް ހިއްކަވާ އަޅުއްވާދެއްވި ހިޔާ ފްލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމަށް ރައީސް ޔާމީން ނިންމަވައިފި އެވެ.
01 Nov 2023
5 ލައްކައިގެ ދަރަންޏެއް ދައްކަން އެފްއޭއެމަށް ހުކުމްކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ފަސް ލައްކަ ރުފިޔާގެ ދަރަންޏަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
01 Nov 2023
ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ!
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދުގެ މުނާސަބާ ފާހަގަކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެލެއްވި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ.
01 Nov 2023
ސުޕްރިމް ކޯޓުގައި އޮތް ނަޝީދު މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.
31 Oct 2023
ހުވާކުރާ ޖަލްސާގައި ބަވެރިވެރިވުމުގެ ފުރުސަތު 1000 މީހުންނަށް
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިރަމުގެ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
31 Oct 2023
"އިންޑިއާ ސިފައިންގެ މައްސަލައިގައި އުންމިދީ ޖަވާބެއް ލިބުނު"
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއާގެ ސަފީރުގެ ފަރާތްޕުޅުން އުންމީދީ ޖަވާބުތަކެއް ލިބިފައިވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
31 Oct 2023
"ނަޝީދު މައްސަލައިގައި ސުޕްރިމްކޯޓުގެ ނިންމުމަށް ތަބާވާނަން"
މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި ގުޅިގެން ސުޕްރިމް ކޯޓުގެ ލަފަޔަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން އެދިފައިވާއިރު، އެ މައްސަލައިގައި އެ ކޯޓުން ނިންމަވާ ކޮންމެ ގޮތަކަށް ތަބާވާނެކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފި އެވެ.
30 Oct 2023
ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފި، ޚަރަދު 22 މިލިއަން
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ޤާނޫނީ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްފި އެވެ.
30 Oct 2023
"އިންތިޤާލީ މަރުހަލާގައި ހިންގާ ކޮރަޕްޝަން ބަލައި ފިޔަވަޅު އެޅޭނެ"
އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރާ މުއާމަލާތްތަކަކީ އެކަން ކަން ބަލައި ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށް އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
30 Oct 2023
މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ 20 އިންސައަކީ ޕީޕީއެމް-ޕީއެންސީގެ އަންހެންބޭފުޅުންނަށް ވެގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، އެ ޓާގެޓު ހާސިލްކުރުމަށް މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
30 Oct 2023
ރައީސް ޔާމީން ޕާޓީ އޮފީހަށް، ދެއްވީ އުންމީދީ މެސެޖުތަކެއް!
އާންމުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ގޮތަށް، ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން ލިޔާއެކު ފުރަތަމަ ފަހަރަށް އެމަނިކުފާނު ޕީޕީއެމް އޮފީހަށް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ.
30 Oct 2023
"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްސަ ވުޒާރާއެއް ހަދާނަން"
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނަމުގައި ޝާމިލުވާގޮތަށް ވުޒާރާއެއް ޤާއިމްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
30 Oct 2023
"އިޤްތިޞާދު ކޮޅަށް ޖެހުމަށް އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމަން ޖެހޭ"
ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ދިވެހިރާއްޖޭގެ މައި އެއާޕޯޓު "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު" ގެ ކެޕޭސިޓީ އިތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަޝާފައިވާ ބިޔަ މަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
30 Oct 2023
ޕެނަލްތައް ނަގަން ވީ ވައުދާއެކު ގިނަ ބައެއްގެ ތައުރީފު
ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގައި ބްރިޖުގެ ހާސްކަން ފިލުވާދިނުމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވެލެއްވި ވައުދަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުން ނެވެ.
29 Oct 2023
ޖޫރިމަނާކޮށްގެން ދައުލަތަށް 123 މިލިއަން ރުފިޔާ
ޖޫރިމަނާކޮށްގެން ދައުލަތަށް ހޯދި އާމްދަނީ 123 މިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
29 Oct 2023
ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ކޯޓަށް!
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ސުޕްރިމް ކޯޓުގެ ލަފާ ހޯދަން ނިންމައިފި އެވެ.
29 Oct 2023
ނަޝީދު ވަކިކުރާ ޖަލްސާ މާދަމާއަށް އެޖެންޑާކުރަނީ!
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އާލާސްކަންފުޅާއި އުޅުއްވާތީ ކުރިއަށް ގެންދެވެން ނެތްކަމަށް އަންގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
29 Oct 2023
"ބޯހިޔާވަހިކަމަށް އެދި ހުށައެޅި އެއްވެސް ފޯމެއް ބާތިލެއް ނުކުރާނަން"
ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި އެއްވެސް ރައްޔިތަކު ހުށައެޅި ފޯމެއް ބާތިލެއް ނުކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފި
އާންމު ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހުކުމް ރަށު ބަންދަށް ބަދަލުކޮށްފި އެވެ.