ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
23 Oct 2023
"ޤާނޫނަކުން ނޫން ގޮތަކަށް އިންތިޚާބަށް ނުފޫޒު ފޯރުވުން ނުހުއްޓުވޭނެ"
އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވޭނީ ޤާނޫނެއް ހަދައި އެ ޤާނޫނު ފުރިހަމަޔަށް ތަންފީޒުކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
23 Oct 2023
"ނިމުނު ސަރުކާރުން ބިލުތައް ޚަލާސްކުރަން ޤާނޫނަކު ނެތް"
އާ ސަރުކާރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން، ނިމުނު ސަރުކާރުން، އެ ސަރުކާރުގެ ޚަރަދުތަކާއި، ކުންފުނިތަކުން ދައްކަންޖެހޭ ބިލުތައް ދައްކާ ޚަލާސްކުރަން ޖެހޭނެކަމަކަށް އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައި ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
23 Oct 2023
ޔާމިނުގެ ހައްގުތައްވަނީ ނިގުޅައިގެންފައި: ޝިޔާމް
ސަރުކާރުގެ އާރާއި ބާރު ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާކަން ފާހަގަކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.
21 Oct 2023
"އާ ސަރުކާރަށް 2024 ގެ ބަޖެޓުން ލިބެނީ ހަނި ގާޖައެއް"
2024 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާ ދައުލަތުގެ ބަޖެޓުގެ ތެރެއިން އަލަށް އިންތިޚާބުވި ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމަށް ލިބެނީ ވަރަށް ހަނި ޖާގައެއްކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
21 Oct 2023
ފޭރިގެން ކޯޓަށް ގެންދިޔުމުން އެދުނީ ގިނަ ދުވަހަށް ބަންދުކޮށްދޭން!
ފޯނެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި އުމުރުން 60 އަހަރުގެ މުހައްމަދު ވަހީދު ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމަށް ކުޑަ އިއުތިރާފުވެ އޭނާ ވީހާވެސް ގިނަ ދުވަހަށް ބަންދުގައި ބަހައްޓައިދިނުމަށް އަމިއްލައަށް އެދިއްޖެ އެވެ.
21 Oct 2023
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 773 މިލިއަން
މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 773 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
21 Oct 2023
ޔޫސުއްބެ ހޯދުމަށް ތިންލައްކަ އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި
އެކަނި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި، ނޫލައިޓް / ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދަން ތިންލައްކަ އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
21 Oct 2023
"ފަލަސްތީނުގެ އަޑުއުފުލުހުން ހުއްޓުވި މީހުން، ބާރު ކެނޑުމުން ފަލަސްތީނޭ ގޮވަނީ ގޮތެއްފޮތެއް ނެތީމަ"
އާރާއި ބާރުގައި ތިބި ދުވަހު ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ނިކުތުމުން އެކަން ހުއްޓުވި މީހުން، މިއަދު އާރާއި ބާރު ކެނޑުމުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާނީ ގޮތެއްފޮތެއް ނެތުމުން ކަމަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒު ވިދާޅުވެއްެޖެ އެވެ.
21 Oct 2023
"ފަލަސްތީނު މައްސަލައިގައި ބޭރުގެ ބޮޑެތި ޖަމާއަތްތަކުގެ އަސްލު ސޫރަ ފެނޭ"
ފަލަސްތީނުގެ މައްސަލައާއި ޖެހުމުން އިންސާނީ ހައްގުގެ ނަމުގައި މަސައްކަތްކުރާ ބޭރުގެ ބޮޑެތި ޖަމިއްޔާތަކުގެ އަސްލު ސޫރަ ފެންނަމުންދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
17 Oct 2023
ތިމާވެއްޓަށް ގެއްލުންދިން އިރު ހަނުހުރި ސަބްރާ ހުނުފެނަށް!
"ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމުގައި ހުންނަވާ ފަސް އަހަރު އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގެން ސަބްރާ ނޫރައްދީން ކުއްލިއަކަށް ތިމާވެށީގެ ވާހަކަ ދެއްކުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
17 Oct 2023
ޓިކްޓޮކް ލައިވްގަ ފަޔާ އާއި ހަމްބެ ފަލަސްތީނަށް 60000 ރުފިޔާ ހޯދައިދީފި
ޓިކްޓޮކް ލައިވްއެއްގެ ތެރެއިން ފަޔާ އާއި ހަމްބެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ޣައްޒާ ފަންޑަށް 60000 ރުފިޔާ ހޯދައިދީފި އެވެ.
17 Oct 2023
"އަޒުމް އާކުރަންވީ އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް"
އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ތާއަބަދު ބޭއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
16 Oct 2023
"މަސައްކަތްތެރިންގެ ހައްގުގެ ވާހަކަ ދައްކަނީ ހައްގުތައް ނުދީ"
މި ސަރުކާރުން މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކަ ދައްކަނީ، އެމީހުންގެ ހައްގުތައް ނުދީ ހިފަހައްޓައިގެން ތިބެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
16 Oct 2023
"ސަރުކާރު ކުންފުނިތައް އޮތީ މަސައްކަތްތެރިންނަށް ދަރާފައި"
ސަރުކާރު ނިމެން ކުޑަތަންވެފައިވާއިރު، އެތައް ބަޔަކު ލައްވާ މަސައްކަތްކުރުމަށްފަހު ސަރުކާރު ކުންފުނިތަކުން ލާރި ނުދީއޮތް މައްސަލައިގެ ކަންބޮޑުވުން މަސައްކަތްތެރިން ފާޅުކުރަމުންދާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
16 Oct 2023
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ދިވެހި ނަމެއް!
ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަށް ދިވެހި ނަމެއް ކިޔުމަށް އިސްލާހެއް ހުށައަޅައިފި އެވެ.
16 Oct 2023
އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުމާއި ދިވެހިން ދެކޮޅު!
އިޒްރާއިލްގެ ފަތުރުވެރިންނަށް ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ދިވެހިން ޝުއޫރުފާޅުކުރަން ފަށައިފި އެވެ.
15 Oct 2023
"ކަރުނަ" މަދަހައިން ފަލަސްތީނުގެ ހާލު ކިޔައިދޭ ވާހަކަތަކެއް!
ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއެކު، ފަލަސްތީނުގެ މުސްލިމުން އުޅެމުންދާ ހާލުގެ މައްޗަށް ޓްރިއޯ ބޭންޑުގެ ކުރީގެ ލީޑް ވޯކްލިސްޓު މޫސާ ޝިފާއު ޚާއްސަ މަދަހައެއް ތައްޔާރުކޮށްފި އެވެ.
15 Oct 2023
ހެޔޮފިހަރާއިން ކުރާ ވިޔަފާރީގެ 50 އިންސައްތަ ފަލަސްތީނަށް!
20 އޮކްޓޯބަރުވާ ހުކުރު ދުވަހު ހެޔޮފިހާރަ 1 އަދި 2 އިން ކުރާ ވިޔަފާރީގެ 50 އިންސައްތަ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމައިފި އެވެ.
15 Oct 2023
މެލޭޝިއާގެ އިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި
މިމަހުގެ 10 ވަނަދުވަހު މެލޭޝިއާގެ ޢިމާރާތަކުން ވެއްޓި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.
14 Oct 2023
"އުންމީދަކީ ހުވާކުރާތާ ހަފްތާއެއްގެ ތެރޭ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބުވުން"
އުންމީދުކުރަނީ ވެރިކަމަށް ހުވާކުރައްވާތާ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއަށް ބޭލުމުގެ މަސައްކަތް ކާމިޔާބުވެގެން ދިއުންކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
14 Oct 2023
މަހަށް ނިކުމެ އުޅުނު ދަނގެތީ މީހަކު ގެއްލިގެން ހޯދަނީ
އެކަނި މަހަށް ނިކުމެ އުޅުނު ދަނގެތީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
14 Oct 2023
އިޒްރާއިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް!
އިޒްރާއީލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފި އެވެ. މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.
14 Oct 2023
އެންސްޕާއިން އިތުރަށް 198 މިލިއަން، އާސަންދައިން 487 މިލިއަން ޚަރަދުކޮށްފި
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ އިތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފި އެވެ.
13 Oct 2023
"އަމީނީ މަގު ނިންމާ މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާނަން"
އާރުޑީސީއާއި ހަވާލުކޮށްގެން ނުނިންމި އޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާ، މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ ތަރައްގީކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Oct 2023
"އަމާޒަކީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ހޯދުން"
ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުމަކީ މުހިންމު ކަމެއް ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބުކުރުން ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Oct 2023
"މި އަންނަނީ ޑރ މުއިއްޒާއެކު 10 އަހަރު ވެރިކަން ކުރަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒާއެކު ވެރިކަމަށް އަންނަނީ 10 އަހަރު ވެރިކަން ކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 Oct 2023
"ފަލަސްތީނާއެކު ދިވެހިން ތިބިއިރު، ސަރުކާރަށް ބަހެއް ބުނަން ނުކެރުނު"
ދިވެހިރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށް ޝުއޫރުތައް ފާޅުކުރަމުންދާއިރު، މުސްލިމު ދައުލަތެއްގެ ގޮތުގައި އޮވެ އިޒްރާއިލްގެ ޔަހޫދީ ސިފައިން ޕަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްލަން ސަރުކާރަށް ނުކެރުނުކަން ފާހަގަކޮށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ނުރުހުން ފާޅުކުރައްވައިފި އެވެ.
11 Oct 2023
"ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަންވާނެ ގޮތެއް ނުފެނޭ"
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައަޅާފައިވާ އިސްލާހު އޮތްގޮތުން ޖޭއެސްސީ ސިޔާސީ ނުފޫޒުތަކުން މިނިވަންވާތަން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެ އެވެ.
11 Oct 2023
"އެމްޑީޕީން ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ ދައްކަނީ ޖެއްސުމަށް"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ މިހާރު ދައްކަވަމުންދަނީ ކަނޑައެޅިގެން ޖެއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
11 Oct 2023
މަޖިލީހަށް ނިކުންނާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެއްކޮށް
ރައްޔިތުންގެ މަޖިލީހަށް ނިކުންނާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން) ހާމަކޮށްފި އެވެ.