ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
16 Sep 2023
"30 ސެޕްޓެމްބަރުގެ ވޯޓު ޤައުމީކަމަށް ހައްދަވާ، މުއިއްޒަށް ވޯޓުދެއްވާ"
30 ސެޕްޓެމްބަރުވާ ދުވަހު ލާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަކީ ޤައުމީ ކަމަށް ހައްދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ވޯޓުދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެދިވަޑައިގެންފި އެވެ.
16 Sep 2023
"ރައީސް އޮފީހުގައި ވޯޓުން ވައްކަންކުރަން ރާވާން ފަށައިފި"
ރައީސް އޮފީސްތެރެއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް "ބޮޑު ވައްކަމެއް" ކުރުމަށް ރާވަމުންދާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ.
16 Sep 2023
"10 ދުވަހަކީ ބަރުލަމާނީ ނިޒާމަށް ހޭލުންތެރިކޮށް ވޯޓުލުމަށް އެކަށީގެންވާ މުއްދަތެއް"
މި ވަގުތަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓުލުމަށް އެންމެ އެކަށީގެންވާ މުއްދަތު ކަމަށާއި، 10 ދުވަސް ތެރޭ ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ނިޒާމީ ވޯޓުނެގުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
16 Sep 2023
"ހުޅުމާލެ ދެވަނަ ފިޔަވަހިން ދިން ގޯތިތަށް ހަމަ އެގޮތަށް ދޫކުރާނަން"
މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިން ގޯތިތައް، ސަރުކާރުން ދޫކުރި ގޮަތަށް ދެއްވާނެކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
16 Sep 2023
ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނަން
ވެރިކަން ލިބިވަޑައިގެންފި ނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
16 Sep 2023
"ޑރ މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނީ 60% ވޯޓާއި އެކު"
މި އަހަރުގެ ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 60% ވޯޓު ހޯއްދަވައިގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
16 Sep 2023
ހިޔާ ސަރަހައްދުން ޑރ މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނަށް ހުޅުމާލޭ ދެވަނަ ފިޔަވަހި (ހިޔާ ސަރަހައްދަށް) ވަޑައިގަތުމުން ރައްޔިތުން ނިކުމެ އެ ސަރަހައްދުން އެމަނިކުފާނަށް އޮތް ތާއީދު ދައްކާލައިފި އެވެ.
16 Sep 2023
"ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން މަންހަޖުގައި ހިމަނާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި "ޤައުމިއްޔަތަކީ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ޤައުމީ މަންހަޖުގައި ހިމަނުއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 Sep 2023
އިންޑިއާގެ އެންގުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލުކުރަނީ!
އަވައްޓެރި އިންޑިއާއިން އަންގައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މާލޭގައި ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަން ފަށައިފި އެވެ.
14 Sep 2023
"ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް އެދެނީ އަޅުގަނޑު"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެމަނިކުފާނު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
14 Sep 2023
"ރައީސް ޞާލިހުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލަންސަށް ވީ ކިހިނެތް؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ދައުލަތުން ވައްކަން ކުރުމަކީ ފެޝަނަކަށް ހައްދަވާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
14 Sep 2023
"އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނީ ޑޮކްޓަރުންނާއި ޓީޗަރުންނާއި ވެސް އެކު"
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އިންޑިއާ ސަރުކާރާއި ކުރިމަތިލުމުގެ ހިތްވަރު، އެކަން ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރި ތޯ އައްސަވާ އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ) ސުވާލު ކުރައްވައިފި އެވެ.
14 Sep 2023
"ދުރުވި މެމްބަރުންނަށްވެސް ރަނގަޅުވާނީ ޕާޓީގެ ވެރިކަމެއް"
އެކި ސަބަބުތަކާއި ހުރެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ފެޔަށް ޖެހުނު މެމްބަރުންނަށް ވެސް ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް އޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.
14 Sep 2023
"އަމީނީ މަގު ހަދަމުން މި ދަނީ ސީދާ ރައީސް ޞާލިހުގެ ބެއްލެވުމުގެ ދަށުން"
މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ބެއްލެވުމުގެ ދަށުންކަމަށް އެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
14 Sep 2023
"މި ސަރުކާރު އޮތީ ފަހުނޭވާ ލުމުގެ މަގުމަތީގައި"
މި ސަރުކާރު މިހާރު އޮތީ ނޭލާ ހޮޅިއަށް އެޅި ފަހު ނޭވާލުމުގެ މަގުމަތީގައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
12 Sep 2023
"މުއައްސަސާތަކަކީ ގުރުބާންކުރާ ކަންބަޅިތަކަކަށް ނަހައްދަވާ"
ސަރުކާރުގެ މުއައްސަސާތަކަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނާކާމިޔާބީކަން ފޮރުވުމަށް ގުރުބާންކުރާ ކަންބަޅިތަކަކަށް ނެހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
09 Sep 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވޯޓު ލައްވައިފި
ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
08 Sep 2023
ޑރ މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ޚާއްސަ ގިނަ ވައުދުތަކެއް!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި އަންހެނުންނަށް ޚާއްސަ ވައުދުތައް އިއުލާނުކޮށްފި އެވެ.
03 Sep 2023
ރައީސް އޮފީހުން ކޯޓުތަކަށް އަތްބޭނުން ހުއްޓުވާނަން: މުއިއްޒު
ކޯޓުތަކަށް ރައީސް އޮފީހުން ފޯރުވަމުން ގެންދާ ނުފޫޒު ވެރިކަމަށް ހުވާކުރައްވާ ފުރަތަމަ ދުވަހު ނިމުމަކަށް ގެންނާނެ ކަމަށާއި، އެ ހިސާބުން ރައީސް ޔާމިނު މިނިވަންވެގެންދާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
03 Sep 2023
"އެއްވެސް ސަރުކާރަކުން ދިން އެއްޗެއް، ނޯންނާނެ"
އެއްވެސް ސަރުކާރަކުން ނުހައްގުން ދިން އެއްޗެއް ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 Sep 2023
ޤާސިމް ވިދާޅުވީ ރައީސް ނާސިރާއި، މައުމޫނުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަމަށް!
ވެރިކަން ލިބިވަޑައިގެންފި ނަމަ ތަންފީޒުކުރައްވާނީ ކުރީގެ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެލުވަލާވާ ތަންފީޒު ކުރައްވަމުން ގެންދެވި ޚާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 Sep 2023
ރައްޔިތުން އަތުން އިތުރު ޓެކުހެއް ނުނަގަން 8 ކެންޑިޑޭޓުން އެއްބަސް!
ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް މިހާރު ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްގެ އިތުރުން އިތުރު ޓެކުހެއް ނުނަންގަވާނެކަމަށް މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ.
02 Sep 2023
ޑރ މުއިއްޒު ކިޔައިދެއްވީ އާބާދީ އެއްފަސްކުރުމަށް ފޮނަދޫ ހަބަކަށް ހަދާނެ ގޮތް!
ލ ފޮނަދޫ އަކީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގެންގުޅޭ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތާއި އެއްގޮތަށް ތަރައްގީކުރާނެ ރަށެއްކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
02 Sep 2023
"ވޯޓު ވިއްކާލައިގެން ޤައުމުގެ މުސްގަތުބަލު ވިއްކާލާ ބަޔަކަށް ނުވާތި"
ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ގަންނަން ދޭ ފައިސާގައި ހިފާ މި ޤައުމުގެ މުސްތަގުބަލު ވިއްކާލާ ބަޔަކަށް ނުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
02 Sep 2023
"ރައީސް ޔާމީން އެދެނީ އަޅުވެތިވެފައިވާ މި ސަރުކާރު ނިންމަން"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
02 Sep 2023
"އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ނަހައްދަވާ"
މިއަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނު ގެންގޮސް އެއްބުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އިންތިޚާބު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
01 Sep 2023
ދިވެހީންގެ ރާއްޖެ ސައިކަލު ބުރަށް ޒުވާނުންގެ ބޮޑު ތަރުހީބެއް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޒުވާނުން އިސް ނަގައިގެން "ދިވެހީންގެ ރާއްޖެ" ނަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއްޖެ އެވެ.
01 Sep 2023
ކައްދޫއިން ފެނުނީ "އެއްބުރުން މުއިއްޒު" ހޮވުމުގެ ރޫހު
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ ކައްދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
01 Sep 2023
"ރައީސް ޔާމީން ވިދާޅުވިއޭ ކިޔާ ދޮގު ވާހަކަ ފަތުރަނީ ބަލިވާތަން ފެންނާތީ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވިކަމަށް ބުނެ ސަރުކާރު އަޑީގައި އޮވެގެން ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
01 Sep 2023
"ހުރިހާ ޕާޓީތަކުގެ ޝައުގުވެރިކަން އޮތީ މުއިއްޒަށް ހުއްޓިފައި"
އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ދީދީއަށް ފާޑުވިދާޅުވެއްޖެ އެވެ.