ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
28 Oct 2023
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެއްޖެ
ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
28 Oct 2023
"ހުވާކުރާތާ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން"
ވެރިކަމަށް ހުވާކުރާތާ ފުރަތަމަ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
"ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި އެހެން ރަށަކަށް ބަދަލުކުރާނަން"
ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި އެކަމަށް ޚާއްސަ ރަށަކަށް ބަދަލުކުރަައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
"ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް ދަށަށް ބަދަލުކުރާނަން"
ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭގައި ހުޅުމާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 Oct 2023
"ވެރިއަކަށް ނުލިބޭ އަނިޔާ ސަރުކާރުން ރައީސް ޔާމިނަށް ދީފި"
މި ފަހުގެ ތާރީހުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކަށް ނުލިބޭ އަނިޔާ އެމްޑީޕީގެ މި ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދީފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
28 Oct 2023
މީހަކު ރަހީނު ކުރިކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް 15 ދުވަހުގެ ބަންދު މުއްދަތު ޖަހައިފި އެވެ.
28 Oct 2023
"ވޯޓު ހޯދަން އެންމެ މީހަކަށް 6 ލައްކަ ރުފިޔާ އެންސްޕާއިން ދީފަވޭ"
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ހޯދަން ޤައުމީ ހެލްތު އިންޝިއުރެންސް ސްކީޕް އާސަންދަ އަދި އެންސްޕާގެ ބޭނުން ނަހަމަގޮތުގައި ހިފާ ކޮރަޕްޝަން ހިންގާފައިވާކަން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހާމަކުރައްވައިފި އެވެ.
28 Oct 2023
"ބަލިކަށިކަމަށް ފެނުނަސް، އަނިޔާ ލިބެމުންދާ މީހުން ތެދުވެ އަދި ކުރި ހޯދާނެ"
ޔަހޫދީ އިޒްރާއިލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އަނިޔާ ލިބެމުންފާ ފަލަސްތީނުގެ ރައްޔިތުން ބަލިކަށިވަމުންދާކަމަށް ފެނުނަސް، އެމީހުން އަދި ތެދުވެ ޔަހޫދީންގެ މައްޗަށް ކުރި ހޯދާނެކަމަށް ފާރިސް މައުމޫނު ވިދާޅުވެއްޖެ އެވެ.
28 Oct 2023
މިރޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އަންގައިފި
2023 އޮކްޓޯބަރު 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެކަމަށާއި، މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ކޭތަ ނަމާދުކުރުމަށް މިނިސްޓްރީއޮފް އިސްލަމިކް އެފެއާރޒް އަންގައިފި އެވެ.
28 Oct 2023
ޕީޕީއެމްގެ ނަމުގައި ހެކުކުރާ ލިންކުތަކެއް ފޮނުވަނީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ހެކުކުރާ ލިންކުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
27 Oct 2023
"ނަޝީދު ވަތްކެއް ނުކުރެވޭނެ، އެދަނީ އަނެއްކާވެސް ބަލިވާން"
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"މައްސަލަ އަލުން ވެއްދުމުން ހާމަވީ ރައީސް ޞާލިހު ބޭވަފާތެރިކަން"
ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭވަފާތެރިކަން ހާމަވެގެންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
27 Oct 2023
ނަޝީދު ވަކިކުރުން އަވަސްކުރަން ޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
27 Oct 2023
"އިންސާނިއްޔަތު ހިމާޔަތްކުރުމަށް އދ ނުކުޅެދިއްޖެ"
އިންސާނިއްޔަތު ހިމާޔަތް ކުރުމަށް އދ ފެއިލްވެއްޖެކަމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ހާލާ ހަމީދް ވިދާޅުވެއްޖެ އެވެ.
26 Oct 2023
އިންތިޚާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 މީހުން ދައުވަތުދެނީ
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3500 މީހުންނަށް ދައުވަތު އަރުވަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފި އެވެ.
26 Oct 2023
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު، ސިވިލް ކޯޓަށް މަރިޔަމް
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އަލްއުސްތާޒު ޙުސެއިން ޝަހީދު ހަމަޖައްސަވާ، ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އަލްއުސްތާޒާ މަރިޔަމް ވަހީދު ހަމަޖައްސަވައިފި އެވެ.
26 Oct 2023
"ހުވާކުރުމުގެ ޖަލްސާއަކީ ޤާނޫނީ ސުވާލެއް ނެތް ޖަލްސާއެއްކަން ކަށަވަރުކުރާނަން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރުމުގެ ޖަލްސާއަކީ ޤާނޫނީގޮތުން ސުވާލުއުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން އެކަން އެމަގުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީން ކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
26 Oct 2023
ނަޝީދު ވަކިކުރާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް އަންގައިފި އެވެ.
26 Oct 2023
އާޒިމާ އެމްޑީޕީއަށް: ތިޔަ ފެށީ ބަލިވާނެ ހަނގުރާމައެއް
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ނިމެމުން މިދާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފެށި ހަނގުރާމަ އަކީ ބަލިވާނެ ހަނގުރާމައެއްކަން ހާމަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
26 Oct 2023
"ޑރ މުއިއްޒު ހުވާކުރުމަށް ހުރަސްއަޅަނީ ރައީސް ޞާލިހު އަންގައިގެން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕު މެދުވެރިކޮށް ހުރަސްއަަޅަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
26 Oct 2023
"ގައްޒާ ފިޔަވައި މުޅި ދުނިޔެ މި އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި"
ފަލަސްތީނުގެ ގައްޒާ ފިޔަވައި މުޅި ދުނިޔެ މި އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
26 Oct 2023
"އެމްޑީޕީން ނަޝީޑަށް އެއްވެސް އިރަކު އިތުބާރެއް ނުކުރައްވާ"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރަކު އިތުބާރު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
26 Oct 2023
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
25 Oct 2023
ސަޕްލިމެންޓްރީ ބަޖެޓު އަލުން ހުށައަޅަން ފިނޭންސްއަށް އަންގައިފި
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި މާލިއްޔަތު ގާނޫނުން ލާޒިމުކުރާ ތަފްސީލުތައް ހިމެނުމަށްފަހު އަލުން ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.
24 Oct 2023
މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅި ގޮތާއި ގުޅިގެން 65 ޝަކުވާ!
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި ގުޅިގެން 65 ޝަކުވާއެއް ހުށައަޅާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
24 Oct 2023
ފަނޑިޔާރުން ޗުއްޓީއަށް، ރައީސް ޔާމިނުގެ އިސްތިއުނާފު މަޑުޖެހިއްޖެ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު ހުކުމުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ މަޑުޖެހިއްޖެ އެވެ.
24 Oct 2023
ބޭން އިލްރާއިލްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށަނީ
އިޒްރާއިލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލާ "ބޭން އިންރާއިލް" ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.
24 Oct 2023
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނު
ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލްކޮށްފި އެވެ.
23 Oct 2023
"ނުފޫޒު ފޯރުވައިގެން އިންތިޚާބު ކާމިޔާބުކުރެވިފައެއް ނެތް"
ނުފޫޒު ފޯރުވައިގެން އެއްވެސް ސަރުކާރަކަށް އިންތިޚާބު ކާމިޔާބުކުރެވިފައި ނެތްކަން ފެހި ޤާނޫނޫ އަސާސީ ވުޖޫދުވީފަހުން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކަށް ބަލާލުމުން ހާމަވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.
23 Oct 2023
"ސަރުކާރާއި ހަވާލުވިއިރު ފެނަކައިގައި 1 ބިލިއަނަށް ނާރާ"
2018 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވެރިކަމާއި ހަވާލުވިއިރު ވެސް ސަރުކާރުގެ ފެން ކުންފުނި ފެނަކައިގެ ދަރަނި 1.2 ބިލިއަނަށް އަރާފައިވާކަމަށް ބުނެ އެ ޕާޓީގެ މެމްބަރުން ހަދަމުންދަނީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.