އަކްރަމް ކަމާލުއްދީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ހަބަރު
06 Dec 2023 | 16:12
ގެދޮރުވެރިޔާ ސްކީމް މަޑުޖައްސާލަން އޭސީސީން އެންގީ ކަންކަން ނިމުނުފަހުން: އަކުރަމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްލޭނިން މިނިސްޓްރީއަށް އެންގީ، އެ އިދާރާއިން އެ މަސައްކަތް ނިންމާލި ފަހުން ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކުރަމް މިފަދައިން ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރުގެ ގެދިރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ފްލެޓުލިބޭ 4000 މީހުން ކަނޑައަޅާފައިވަނީ އުސޫލާއި ޚިލާފަށްކަމަށް ބަޔާންކޮށް މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ޕްލޭނިން މިނިސްޓްރީގައި އޭރު ތިއްބެވި އިސްވެރިން މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ. 

އަކްރަމް ވަނީ ގެދޮރުވެރިޔާ ސްކީމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި، އޭސީސީއާއި ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލު ކޮމެޓީއާއި ހިއްސާކުރައްވާފަ އެވެ. 

އެގޮތުން އަކްރަމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން އެންމެ ފުރަތަމަ ނެރުނީ ގެދޮރުވެރިޔާ ސްކީމަށް ޝަރުތުހަމަވާ މީހުންގެ ލިސްޓަކާއި، ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓުގައި ޕޮއިންޓު ހިމަނާފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް ޝަކުވާއަށް ހުށައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕޮއިންޓު ހިމަނާ ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މިދިޔަ މަހުގެ 4 ގައި އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާ، ޝަކުވާ ހުށައެޅުމުގެ މުއްދަތު އުތުރުކުރުމާއި ހަމަޔަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުން ވަގުތީގޮތުން ހުއްޓާލުމަށް އޭސީސީން އަންގާފައި ނުވާކަމަށް އަކްރަމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން އޭސީސީގެ ފުރަތަމަ ސިޓީއެއް ޕްލޭނިން މިނިސްޓްރީއަށް ލިބިފައިވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކުރި މަރުހަލާގައި ކަމަށެވެ. 

އޭސީސީގެ އެ ސިޓީގައި ވެސް ގެދޮރުވެރިޔާ ސްކީމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައި ނުވާކަމަށާއި، އޭސީސީން އެދިފައިވަނީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ފުރުސަތު ދީ، އެ ޝަކުވާތައް ބެލުމަށް ފަހު ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އަކްރަމް ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވީ އެ ދާއިމީ ލިސްޓަށް ލިބިފައިވާ ޝަކުވާތަކަށް ބަލައި، ދާއިމީ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ނޮވެމްބަރު މަހުގެ 15 ގައި ފަށާފައިވާއިރު، އެ ދުވަހުގެ މަސައްކަތް ނިންމާލުމާއި ހަމަޔަށް ވެސް އޭސީސީގެ ނައިބު ރައީސް، އަބްދުއްސަލާމްއާ ފްލެޓު ކޮމިޓިގެ މެމްބަރުން މުއާމަލާތް ކުރައްވަމުން ގޮސްފައިވާނެ ކަމަށެވެ. 

އެދުވަހާއި ހަމަޔަށް ވެސް ގްެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އަންގާފައި ނުވާކަމަށް އަކްރަމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ތެރެއިން ކޮމިޓީގެ ބައެއް ބޭފުޅުން ގެންދެވީ އޭސީސީގެ ނައިބާ ވެސް ވާހަކަ ދައްކަމުން ގެންދެވީ، މި ކިހިނެއްތޯ މިކަންތައް އޮތީ، ހުއްޓުވާތޯ. ދެން ވިދާޅުވި ހުއްދަ ދީފައި ސިޓީއެއް ވެސް ފޮނުވާނަމާ ކުރިއަށް ގެންދަން. ތިން ހަތަރު ފަހަރު އޭސީސީގެ ނައިބާ ވާހަަކަ ދެއްކެވި ކަމަށް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ"

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް 

އަކްރަމް ވިދާޅުވީ ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީގެ ސިޓީއެއް ލިބުނީ ފްލެޓު ލިސްޓަށް ހުށައެޅި ޝަކުވާތައް ބަލައި ނިންމާ ގުރުނަގައި ފްލެޓު ދިނުމުގެ މަސައްކަތް ނިންމާލިފަހުން އޭގެ އަނެއް ދުވަހުގައި ކަމަށެވެ. އަދި އޭސީސީން ފޮނުވި ސިޓީގައި "އަވަސް" ތައްގަނޑުވެސް ޖަހާފއި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އޭސީސީގެ ސިޓީ ލިބުމާއެކު، އެ މަސައްކަތް އެ އޮތް ހިސާބަށް ހުއްޓާލާފައިވާނެ ކަމަށާއި، އެހެން ނަމަވެސް އޭރު ޕްރޮސެސް ގާތްގަނޑަކަށް ހެން ނިމިފައިވާކަން އަކްރަމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކޮމިޓީގެ ބައެއް ބޭފުޅުން ގެންދެވީ އޭސީސީގެ ނައިބާ ވެސް ވާހަކަ ދައްކަމުން ގެންދެވީ، މި ކިހިނެއްތޯ މިކަންތައް އޮތީ، ހުއްޓުވާތޯ. ދެން ވިދާޅުވި ހުއްދަ ދީފައި ސިޓީއެއް ވެސް ފޮނުވާނަމާ ކުރިއަށް ގެންދަން. ތިން ހަތަރު ފަހަރު އޭސީސީގެ ނައިބާ ވާހަަކަ ދެއްކެވި ކަމަށް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ"

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް 

ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ބަހާލާފައިވަނީ އުސޫލާއި ޚިލާފަށްކަން ފާހަގަކޮށް އޭސީސީއަށް 7000 އަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ. 

އޭގެ އިތުރުން ފްލެޓު ދޫކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ކަން ފާހަގަކޮށް އާންމުން ވަނީ ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ ނުރުހުން ވެސް ފާޅުކޮށްފަ އެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އަލުން ރިވިއު ކުރާނެކަމަށް މި ސަރުކާރުން ބުނި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ އޮޅުވާލައިގެން، ނުވަތަ ނުބައި މައުލޫމާތެއް ދީގެން ލިބިފައިވާ ފްލެޓުނޫން ފްލެޓެއް އަތުނުލައްވާނެ ކަމަށެވެ. 

ސަރުކާރުން ގެޒެޓުކޮށްފައިވާ އެއްވެސް ލިސްޓެއް ބާތިލު ނުކުރައްވާނެ ކަމަށާއި، އެ ލިސްޓާއި އެއްގޮތަށް ފްލެޓުތައް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.