01 Nov 2022
"ފެކްޝަނެއް ނެތް، އޮތީ 2013 ގައި ލައިގަތް މުސީބާތެއް"
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ސަރުކާރާއި ވާދަވެރި ޕީޕީއެމްގެ ފެކްޝަނެއް އުފެދިފައިވާކަމަށާއި، އެ ފެކްޝަނުން ޕީޕީއެމާއި ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.