07 Sep 2022
ޔޫސުފު ނައީމުގެ އަތުން ޑޮލަރު ބަލައިގަތުމަށް ފައިސާ ހަވާލުކުރިކަމަށް ނަރީޝް ވިދާޅުވެއްޖެ
ޔޫސުފު ނައީމުގެ އަތުން ޑޮލަރު ބައްލަވައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްވި ފައިސާ ގެންގޮސްދީފައިވާނެކަމަށް ވ. އާރަށު މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ހެކިބަސް ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.