16 Apr 2025
ފައްޔާޒުގެ ދިފާއުގައި ޝާހިދު، އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ
ޝާހިދު އެ ދައުވާ ސިފަ ކުރެއްވީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.
11 Apr 2025
"ސޭފް ހޯމް" އެއް ގާއިމްކުރަނީ، ފެސިލިޓީއަށް ބޭނުންވާ ބިން ސަރުކާރުން ގަނެފި
މިބިން ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 15 ޖުލައި 2024 ގައެވެ. މި މައްސަލަ ކޯޓުން ނިންމީ އިއްޔެ އެވެ.
28 Jan 2025
28 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް ހުކުމެއް
އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
18 Aug 2024
މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ކޯޓު އަމުރެއް: ތަޅާލި ފާރު އަލުން ރާނަން އަންގައިފި
މާލޭގައި ގެއެއްގެ މީހުންނަށް ވަދެނުކުމެވޭ ގޮތަށް ރާނާފައިވާ ފާރެއް މާލޭ ސިޓީ ކައުންސިލުން ތަޅާލުމާ ގުޅިގެން، އެ ފާރު އަލުން ރޭނުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
10 Aug 2024
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިޚާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އިންތިޚާބުވެއްޖެއެވެ.
06 Jul 2024
އެފްއޭމް އިން ވެމްކޯއަށް 39،000 ރުފިޔާ ދައްކަން ހުކުމެއް
ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 39،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
02 Jul 2024
3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެފްއޭއެމް އަށް ހުކުމެއް
ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީހަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
29 Jun 2024
ނަލަހިޔާއަށް ދެ ލައްކަ ރުފިޔާ ދައްކަން ޝިފާއުއަށް ހުކުމެއް
ވަގު ޓީޓީ ހަދައި ބައިނަލް އަގުވާމީ ކުންފުނިތަކުން ވިޔަފާރިކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ދައުވާކުރި ހުސައިން ޝިފާއު، ނަލަހިޔާ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދެ ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.