23 Jun 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓަވައިފި
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުއްވި އަމުރު ދަމަހައްޓައިފިއެވެ.
17 Jun 2023
ޢަރަބިއްޔާ މޫނުބުރުގާ މައްސަލަ ބެލޭނެ އިޚްތިސާސް އެބައޮތް
ޢަރަބިއްޔާ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުންގެ މައްސަލަ ބެލޭނެ އިޚްތިސާސް އެބެއް ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.
02 Jun 2023
އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވަން އަމުރު ނެރެނުދިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އަތުލުމަށް އާބަންކޯ އިން ނިންމި ނިންމުމުން އެކަން ހުއްޓުވަން އެދެފްލެޓްގެ ވެރިން ސިވިލް ކޯޓަށް ދިއުމުން އެކަން އެއަމުރު ނެރެނުދެވޭނެ ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.
29 May 2023
އެމްއާރުއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު މުރާޖައާކުރަން އެދެނީ
އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
28 May 2023
އެމްއާރްއެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފި
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް މަޑު ޖައްސާލުމުގެ ވަގުތީ  އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.
09 May 2023
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސް ޤާޟީން އައްޔަންކޮށްފި
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމުގެ މަގާމަށް ދެބޭފުޅުން އައްޔަންކުރައްވައިފިއެވެ.
25 Apr 2023
ވިޔަފާރިވެރިއަކަށް ފެނަކައިން ދައްކަން ޖެހޭ 11.8 މިލިއަން ދައްކަން ކޯޓުން އަމުރުކޮށްފި
ސަރުކާރުގެ ފެން ކުންފުނި ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ހޯދުމަށްފަހު އެކި ވިޔަފާރިތަކަށް ނުދައްކާ އޮތް 11.8 މިލިއަން ރުފިޔާ އެއް މަސްތެރޭ ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން އަމަުރުކޮށްފި އެވެ.
18 Apr 2023
މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދިން
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.