ސިވިލް ކޯޓު
26 Dec 2023
އޮތޮރައިޒްޑް ނޫން ބަޔަކު ގެނައި މުދަލެއް ވިއްކުން ހުއްޓުވައިފި
ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ދިވެހި ކުންފުންޏަކުން ހޯދާފައި ވަނިކޮށް އޮތޮރައިޒްޑް ނޫން ބަޔަކު ގެނައި މުދަލެއް އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
26 Dec 2023
ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ހުކުމް ކޮށްފި
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
20 Dec 2023
ބޭރުގެ ޔޮޓެއް ފުރުން ހުއްޓުވައިފި
ރާއްޖޭގެ ކުންފުޏެއް ކަމުގައިވާ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދީގެން "ކަޓީނާ" ނަމަކަށް ކިޔާ ބޭރުގެ ޔޮޓެއް ރާއްޖެ އިން ފުރުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.
20 Dec 2023
ފުލުހުންގެ އިސްވެރިންގެ ޕްރޮމޯޝަންތައް ހުއްޓުވަން އަމުުރު ދެވެން ނެތް!
ފުލުހުންގެ އިސްވެރިނަށް ދޭން ނިންމި ޕްރޮމޯޝަންތައް ހުއްޓުވުމަށް އޭސީސީއަށް އަމަުރު ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
10 Dec 2023
ޝަރުތު ހަމަނުވާކަމަށް ކަނޑައެޅީ ގޯސްކޮށްކަމަށް ނިންމައި ގޯތި ދިނުމަށް ހުކުމް ކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ލިޔެކިޔުންތަކާ އެކު ފޯމު ހުށަހެޅުމުން މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައާޅާއިފައިވާ ނިންމުން ނިންމައިފައި ވަނީ ގޯސްކޮށް ކަމަށާއި އެ މީހާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އެ ފަރާތަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
07 Dec 2023
ޝުޖާއުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް
ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ގާނޫނީ ވަކީލް ސްލޮޓަށް ކުރިމަތިލެއްވި، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
29 Nov 2023
އެފްކޮންސްގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުދިން
އެފްކޮންސް ކުންފުނީގެ މައްޗަށް އެންވާރަމެންޓް މިނިސްޓްރީން ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
08 Nov 2023
ޔާމިންގެ އަތުން 5 މިލިޔަން ޑޮލަރު ހޯދަން ކުރި ދައުވާ ކުރިއަށް ނުގެންދެވޭ!
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.