ސިވިލް ކޯޓު
02 Jun 2024
އިންޑިއާ އައުޓު މަނާކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށަށް ގޮވައިލައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
20 May 2024
މުސްތަފާ އަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން އަކްރަމްގެ މައްޗަށް ހުކުމްކޮށްފި
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ (މުސްތަފާބެ)އަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ނިމިދިޔަ ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
09 May 2024
މީހަކަށް 145،000 ރުފިޔާ ދައްކަން އަލްހާންގެ މައްޗަށް ހުކުމްކޮށްފި
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި މީހަކަށް 145،000 ރުފިޔާ ދައްކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
08 May 2024
އަމިއްލަ ކުންފުންޏަކަށް 88،000ރ. ދިނުމަށް ދަޢުލަތުގެ މައްޗަށް ޙުކުމްކޮށްފި
އަމިއްލަ ކުންފުންޏަކުން ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ރިފަންޑްގެ ގޮތުގައި 88،073.90 ރުފިޔާ ދެއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ. ގްލޯ ޓުއަރސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ، އެ ކުންފުނިން ރާއްޖެ ގެނެސްފައިފާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކޮށްފައިވާ އިއުލާނާއި އެއްގޮތަށް އެ ކުންފުނިން ރުފިޔާގެ ޑިޕޮސިޓް ސްލިޕްތައް ހުށަހެޅުމުން، ރިފަންޑް ފައިސާ ހަވާލުކޮށްފައި ނުވާތީއެވެ.
12 Mar 2024
800,000ރ. ގެ ދަރަންޏެއް ދައްކަން އިސްމާޢީލްގެ މައްޗަށް ހުކުމް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 856،830ރ. ގެ ދަރަންޏެއް ސާބިތުވެ އެ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
25 Feb 2024
އެމްއައިޓީޑީސީން ރެއިންބޯ އަށް 918،000 ރުފިޔާ ދިނުމަށް ހުކުމްކޮށްފި
ބަރެސްދޫ މަޝްރޫއާއި ގުޅިގެން މޯލްޑިވްސް އިންޓްގްރޭޓެޑް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރެއިންބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ގާތްގަނޑަކަށް 918،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
14 Feb 2024
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
08 Feb 2024
ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމްކޮށްފި
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.