ރިޔާސީ އިންތިޚާބު 2023
26 Sep 2023
"ވޯޓު ކަރުދާސް ނޫން އެއްޗެއް ވޯޓު ފޮށްޓަށް ލައިފިނަމަ ޖަލަށް"
ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓު ފޮށްޓަށްލުމަކީ މަނާ ކަމެއް ކަމަށާ، އޭގެ އަދަބެއްގެ ގޮތުން ޖަލަށް ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
26 Sep 2023
"ފޭކު އޯޑިއޯތައް ފެތުރުމުން އެނގެނީ ޑެސްޕަރޭޓުވެފައިވާ މިންވަރު"
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުއާއި ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަދަހަދައިގެން ދޮގު ވީޑިއޯ ތައް ފަތުރަމުންދަނީ "ޑެސްޕަރޭޓް" ނުވަތަ ވެރިކަމަށް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
26 Sep 2023
ވޯޓަރސް ލިސްޓްގައި ދެ ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ވޯޓާސް ލިސްޓުގައި ދެ ކެނޑިޑޭޓުންގެ ފަރާތުން މިއަދު ސޮއިކުރަން ފަށައިފިއެވެ.
26 Sep 2023
"ރައީސް ޞާލިޙަށް 2ވަނަ ބުރުގައި %38 ވެސް ނުލިބޭނެ"
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޓީމުގެ މުށުން ލ.އަތޮޅު ގޮއްސި ކަމަށާއި އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙް އަށް 38% ވެސް ނުލިބޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
26 Sep 2023
"ވޯޓު ކަރުދާސް ބޭރުވެއްޖެ؛ އީސީން މިކަން ބަލަން ޖެހޭ"
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
26 Sep 2023
އިދިކޮޅުން މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވަނީ!
އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
26 Sep 2023
"މި އަންނަނީ ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ގާއިމް ކުރަން"
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެކުލަވާ ސަރުކާރެއް ވާނީ ފަސްބައި ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ކަމަށާ އެ ސަރުކާރުގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށް އިދިކޮޅު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
26 Sep 2023
ރައީސް އަށް ނޫނެކޭ ބުނާނަމަ ބަރުލަމާނީއަށްވެސް ނޫނެކޭ ބުނެވިދާނެ!
ޑިމޮކްރެޓްސް އިން މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނާނަމަ މާދަމާ އެމްޑީޕީ އިން ބަރުލަމާނީ އަށް ނޫނެކޭ ބުނުފާނެ ކަމަށް މިސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.