ރިޔާސީ އިންތިޚާބު 2023
24 May 2023
އެމްއާރްއެމް ނެތޭ ހިސާބަށް ދިޔުމަކީ ވިސްނާލަންޖެހޭ ކަމެއް!
ރާއްޖޭގެ ފަހުގެ ތާރީޚްގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ދެ ބޭފުޅުންގެ ބަސްވިކޭ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތޭ ހިސާބަށް ދިޔުމަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވާގޮތާއިމެދު ދިރާސާކުރާ މީހުން ވިސްނާލަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
24 May 2023
"ސިޔާސީ ގޮތުން ބަލިވުމުން "ސިމްޕަތީ ކާޑް" ކުޅުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތެއް"
ސިޔާސީ ގޮތުން ބަލވެ ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން ސިމްޕަތީ ކާޑް ކުޅުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެއްޖެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
24 May 2023
"ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އީސީން ދީފި
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ނިންމާފައިވާ ޕާޓީ ކަމުގައިވާ "ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) ދީފިއެވެ.
23 May 2023
"މިވަގުތުގެ ޓާގެޓަކީ އަދި 3000 މެމްބަރުން ހަމަކުރުން"
އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން އުފައްދާފައިވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ މިވަގުތުގެ ޓާގެޓަކީ އަދި 3000 މެމްބަރުން ހަމަކުރުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 May 2023
"40 ޕާޓީ ހެދިޔަސް ނަޝީދަށް ދެން ވެރިކަމަކަށް ނާދެވޭނެ"
ކިތަންމެ ގިނަ ސިޔާސީ ޕާޓީއެއް އުފެއްދިޔަސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދެން ދިވެހިރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަމަށް ރޯޑި ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
22 May 2023
"ކިތަންމެ ހަޅޭކެއްލެވިޔަސް އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޞާލިހު"
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހަޅޭ ލެވިޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
22 May 2023
"ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަކަށް ދާންޖެހޭ"
ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމް ބަދަލު ކުރަން ގިނަ ދިވެހިން ބޭނުންވާ ކަމަށާ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ، ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
21 May 2023
އެންމެ މުހިންމު މަގުސަދަކީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނައުން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދަވާ އައު ސިޔާސީ ޕާޓީ "ދި ޑިމޮކްރެޓްސް"އިން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނެސް، އިގްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވަން ކަމަށް އެ ޕާޓީން ބުނެފިއެވެ.