10 Jun 2023
"އަޅުގަނޑުގެ ސަރުކާރު ވާނީ ވައްކަމާއި ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށް"
ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ އެ ޕާޓީން އުފައްދާ ސަރުކާރު ވެގެންދާނީ ވައްކަމާއި ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށްކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
10 Jun 2023
5 އަހަރުން 100 މިލިއަނަރުން އުފައްދަން ޤާސިމް ވައުދުވެއްޖެ
ވެރިކަމުގެ ފުރަތަމަ 5 އަހަރު ދުވަސްތެރޭ ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދަދާދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
10 Jun 2023
"އެންމެ އިސްކަން ދޭނީ އަރަބިއްޔާ ސުކޫލުގެ މައްސަލަ ޙައްލުކުރުމަށް"
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
10 Jun 2023
"އިސް ރަށްވެހިންނަށް ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކުރާނަން"
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހިރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުން (އިސް ރަށްވެހިންނަށް) ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކުރާނެކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
10 Jun 2023
"ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިޔާ ފްލެޓުގެ ހުރިހާ މައްސަލައެއް ހައްލުކުރާނަން"
ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭ މިހާރު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ޙައްލުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
10 Jun 2023
"އެމްޑީޕީއާއި ޕީޕީއެމް ޓެސްޓު ކުރެވިއްޖެ، މިފަހަރު ޖޭޕީއަށް ފުރުސަތު ދިނުން ކީއްތޯ؟"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް ވޯޓުދީ އެ ޕާޓީއަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
09 Jun 2023
ޖޭޕީގެ ރަސްމީ ސްލޯގަން "ހާސްކަނޑާލާ، ހަމަޖެހޭނެ، ކުރިއަށް ދިވެހި ޤައުމު"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ރަސްމީކޮށް ބޭނުންކުރާނެ ރަސްމީ ސްލޯގަން "ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިއަށް ދިވެހި ޤައުމު" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.
09 Jun 2023
ޤާސިމް އިބްރާހިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ހަވާލުކޮށްފި އެވެ.