ރިޔާސީ އިންތިޚާބު 2023
23 Jun 2023
"ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުން ފަސޭހަވަމުންދަނީ"
ކަންކަން ތަރުތީބުވެ ނިމެމުން ދަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަހިވެ، ފަސޭހަވާ ގޮތަށް ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
23 Jun 2023
"މި ވެރިކަން ބަދަލު ކުރަން ރައީސް ޔާމީން އަންގަވައިފި"
މި ވެރިކަން ބަދަލުކުރަން ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާއެކީ ވާހަކަ ދެއްކެވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.
22 Jun 2023
ވޯޓަރސް ލިސްޓަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުންގެ ނަން އޮވެގެން
ވޯޓަރސް ލިސްޓަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުންގެ ނަން އޮވެގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
21 Jun 2023
އިންތިޚާބަށް ދެމަހެއްހާދުވަސް، އީސީގެ ޖަލްސާތައް މެދުކެނޑިއްޖެ
ރިޔާސީ އިންތިޚާބަށް ދެމަހެއްހާ ދުވަހަށް ވެފައިވާއިރު އިންތިޚާބު ތަކާއި ބެހޭ ކޮމިޝަން އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތައް މިވަނީ މެދުކެނޑިފައެވެ.
21 Jun 2023
ފުއާދު ބައިވެރިވާ ޖަލްސާތަކުގައި ބައިވެރިނުވާން އީސީގެ ތިން މެމްބަރަކު ނިންމައިފި
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ބައިވެރިވެލައްވާ ޖަލްސާތަކުގައި ބައިވެރިނުވުމަށް އެކޮމިޝަންގެ ތިން މެމްބަރަކު ނިންމައިފިއެވެ.
21 Jun 2023
"ކޯވިޑްތެރޭ ދިއްކޮށްލާނެ އެއްޗެއް ނެތިގެން ޤާސިމް ހުންނެވީ ވަރަށް ލަދުފުޅުގެންފަ"
ކޯވިޑް-19 ގެ ދަތި ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި މީހަކަށް ދިއްކޮށްލާނެ އެއްޗެއް ނެތިގެން އެމަނިކުފާނު ހުންނެވީ އުޅުއްވީ ވަރަށް ބޮޑަށް ލަދުފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
21 Jun 2023
ސިފައިން، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެއްޖެ!
އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ހުރިހާ ސިފައިންނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނަސޭހަތްތެރިވެވަޑައިގަންނަވައިފިއެވެ.
19 Jun 2023
"ދެން އުފެދޭނީ ދި ޑިމޮކްރެޓްސްއިން ބަސް ކިޔާނެ ސަރުކާރެއް"
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދެން އުފެދިގެންދާނީ ދި ޑިމޮކްރެޓްސް ޕާޓީން ފުރިހަމަޔަށް ބަސް ކިޔާނެ އަދި އެ ޕާޓީ ފުރިހަމަޔަށް ހިއްސާވާނެ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.