08 Jul 2023
ޑިމޮކްރެޓްސްގެ އިންތިޚާބީ މަޝްވަރާ ތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި
ދަ ދިމޮކްރެޓްސްގެ އިންތިޚާބީ މަޝްވަރާ ތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
08 Jul 2023
ރައީސް ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި އެވެ.
07 Jul 2023
މާލޭގައި ވޯޓު ލާފައިވާ މީހުން ރީ-ރަޖިސްޓީ ކުރަން ނުޖެހޭނެ!
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން މާލެއަށް ރަޖިސްޓްރީކޮށްފައިވާ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރީ-ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
07 Jul 2023
ރިޔާސީ އިންތިޚާބުގެ ބާކީ ވޯޓު ކަރުދާސްތައް ޕަންޗުކުރަން އީސީއިން ނިންމައިފި
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ދަރުދާސްތަކުގެ ތެރެއިން ބާކީވާ ކަރުދާސްތައް އަލުން ބޭނުން ނުކުރެވޭނެހެން ޕަންޗުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
07 Jul 2023
ރައީސް ޞާލިހުގެ ކެމްޕޭނަށް މާލޭގައި ދޮރުން ދޮރަށް ހިނގަނީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނަށް މާލޭގެ މާފަންނު މެދުދާއިރާގެ ގެތަކަށް ދޮރުންދޮރަށް ހިނގަން މިއަދު ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
06 Jul 2023
ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާ ފަށައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ވެރިކަން ބަދަލުކުރުމާއި ގުޅޭގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވަސް (ޕީޕީއެމް) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު މަޝްވަރާތައް ފަށައިފި އެވެ.
06 Jul 2023
ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރަސްމީކޮށް ބޭނުންކުރާ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި އެވެ.
06 Jul 2023
"އިސްތިއުނާފް ނުނިމުނަސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅާނަން"
ހައި ކޯޓުގައި ކުރިއަށްދާ, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އާރަށު އިސްތިއުނާފްގެ މައްސަލަ ނުނިމުނަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.