ރިޔާސީ އިންތިޚާބު 2023
13 Jul 2023
ރައީސް ޞާލިހު މާފުށްޓަށް ވަޑައިގެންފި!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ކެންޕެއިނަށް ކ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން، މިއަދުގެ ފަހު މަންޒިލް މާފުއްޓަށް ވަޑައިގެންފިއެވެ.
13 Jul 2023
"މީ ތާރީހުގައި ވެސް ހެދުނު މެމްބަރުން އެންމެ ގިނަ ކޯލިޝަން"
އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އާއި އެކު ހަދާފައިވާ ކޯލިޝަނަކީ ރިޔާސީ އިންތިޚާބަކަށް ނިކުތުމަށް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ހެދުނު އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
13 Jul 2023
ގުޅި އަށްފަހު، ރައީސް ޞާލިހު، ގުރައިދޫ އަށް ވަޑައިގެންފި
‏އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ކެންޕެއިނަށް ކ. ގުޅިއަށް ވަޑައިގެންނެވުމަށްފަހު، އެ އަތޮޅު ގުރައިދޫއަށް ވަޑައިގެންފިއެވެ.
13 Jul 2023
"މެމްބަރެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަންނަން މަސައްކަތް ކުރީތީ ކޯޓަށް ދެމި، އެއީ މާޒީ"
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ކުށަކަށް ހަދާ ދައުވާ އުފުލާފައިވާ ކަމަށާއި، އެއީ މިއަދު މާޒީއަށް ވެފައިވާ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
13 Jul 2023
"ސެޕްޓެމްބަރު މަހު ގުޅީގެ ބިން ހިއްކަން ފަށާނަން"
މިއަހަރުގެ ސެޕްޓެމްބަރު މަހު، ކ. ގުޅީގެ ބިން ހިއްކަން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
13 Jul 2023
ރައީސް ޞާލިހުގެ ކެންޕެއިނަށް ގުޅި އަށް ވަޑައިގެންފި
‏އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ކެންޕެއިނަށް ކ. ގުޅިއަށް ވަޑައިގެންފިއެވެ.
13 Jul 2023
ހުކުރު ދުވަހު ރަސްމީކޮށް ޢުމަރު ނަސީރުގެ ކެމްޕެއިން ފަށަނީ
ޢުމަރު ނަސީރުގެ ކެމްޕެއިން ހުކުރު ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޢުމަރު އިޢުލާނު ކުރައްވައިފިއެވެ.
13 Jul 2023
ކެމްޕޭނަށް ޖޭޕީ ޓީމު ހިންމަފުއްޓާއި ހުރައަށް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕޭނަށް ކ ހިންމަފުއްޓަށާއި ހުރައަށް ދަތުރެއް ކޮށްފިއެވެ.