ރިޔާސީ އިންތިޚާބު 2023
15 Jul 2023
ރައީސް ޞާލިޙް ކޮޅުފުއްޓަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކެމްޕެނު ދަތުރުފުޅެއްގައި މ ކޮޅުފުއްޓަށް ވަޑައިގެންފިއެވެ.
14 Jul 2023
"މައްސަލަތައް ހައްލުވާނީ އިސްލާމީ ޝަރީޢަތުން"
ހުޅަނގުގެ ޑިމޮކްރެޓިކް ގާނޫނުތައް ބަލައިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ނުވާނެ ކަމަށާ، އެކަން ހައްލު އިސްލާމީ ޝަރީޢަތުގައި ހިފައިގެން ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
14 Jul 2023
"ދިވެހިންގެ ރާއްޖެ" ކެމްޕެއިން ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
14 Jul 2023
"މިހާނުބައި ބަޔަކަށް 2 ދައުރެއް ދީފިނަމަ އަމާންކަމެއް ނޯންނާނެ"
މިހާ ނުބައި ސަރުކާރަކަށް ދެވަނަ ދައުރެއް ދީފިނަމަ މި ދިވެހި ފަސްގަނޑުގައި އިސްލާމް ދީނެއް، މިނިވަންކަމެއް އަދި އަމާންކަމެއް ނޯންނާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަބްދުالله ސައުދާން ވިދާޅުވެއްޖެ އެވެ.
14 Jul 2023
އެންމެ އުފާވަނީ އެމްޑީޕީ ތެރެއިން ލާދީނީ ފިކުރު ނެތި ދިޔައިމަ
ސަރުކާރު ހިންގާ މައި ޕާޓީއާއި އެކު ކޯލިޝަން ހަދައި ރިޔާސީ ރޭހަށް ނިކުންނައިރު އެންމެ އުފާވަނީ އެ ޕާޓީ ތެރޭގައި މީގެ ކުރިން އޮތް "ލާދީނީ ފިކުރު" މިހާރު ނެތި ދިއުމުންކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
14 Jul 2023
"ރައީސް ޞާލިހަށް ވައުދުތައް ފުއްދުނީ ބަސް މަދުކޮށްފައި އަމަލު ގިނަކުރީމަ"
ސިޔާސީ މައިދާނުގައި 5 ރައީސުންނާއެކު މަސައްކަތްޕުޅު ކުރެވިއްޖެ ކަމަށާއި، އެހެން ނަމަވެސް ވައުދުތައް އެންމެ ބާރު ސްޕީޑުގައި ފުއްދަވަމުން ގެންދެވި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެއްވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
14 Jul 2023
"ރައީސްއަކީ ހަޅޭ ލަވައިގަތީމަ، ގޮޑިން ފުންމާލާ ބޭފުޅެއް ނޫން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ، މީހުން ހަޅޭލަވައި، އެއްޗެހި ގޮވައި ގަތުމުން، "ގޮނޑިން ފުންމާލާފަ ވަޑައިގަންނަވާ ބޭފުޅެއް ނޫން" ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
14 Jul 2023
"ރާއްޖޭގެ ތަރައްގީއަށް ކުރާނެ އިތުރު މަސައްކަތެއް ނުބާއްވާނަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދެ ދައުރު ނިމޭއިރު، ދެން އެއަށްފަހު އަންނަ ރައީސް އަކު ރާއްޖޭގެ ތަރައްގީއަށް ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.