ރިޔާސީ އިންތިޚާބު 2023
15 Jul 2023
"ރައީސް ޞާލިހު އެ ހުނެނެވީ ޓެސްޓުކުރެވި ފާސްވެފައި، ރައްޔިތުން ވޯޓުދެއްވާ"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވެއްޖެ އެވެ.
15 Jul 2023
"ޕެޕާ ސްޕްރޭއާއި މިރުހުދުމަށް ކުރާ ޚަރަދު ހުއްޓާލައިފިން"
މުޒާހަރާތައް ކޮންޓްރޯލުކުރުމަށް ފުލުހުން ޖަހާ ޕެޕާ ސްޕްރޭއާއި މިރުހުދުމަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
15 Jul 2023
ރައީސް ޞާލިހުގެ ދެވަނަ ދައުރެއްގައި ނާލާފުއްޓާއި މުލި ގުޅާލަން ވައުދުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި މ. ނާލާފުއްޓާއި މުލި ގުޅާލުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފި އެވެ.
15 Jul 2023
"ކުދި ރަށްތައް ތަރައްގީނުވެ އޮތީ ވެރިން ސިޔާސީ ވިސްނުން އިސްކުރާތީ"
މިހާ ހިސާބަށް އައިރު ކުދި ރަށްތައް ތަރައްގީނުވެ އޮތީ ކުރީ ސަރުކާރުތަކުގައި ވެރިކަން ކުރެއްވި ފަރާތްތައް ސިޔާސީ ވިސްނުން އިސްކުރައްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
15 Jul 2023
"އަމާޒަކީ 141 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ނިންމުން"
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާރު ފެނާއި ނަރުދަމާފެ މަސައްކަތް ފަށާފައިވާ 141 ރަށުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
15 Jul 2023
"ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މިނިސްޓަރުން ބަދަލެއް ނުކުރައްވާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
15 Jul 2023
ރައީސް ޞާލިޙް ނާލާފުއްޓަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޚް މ ނާލާފުއްޓަށް ވަޑައިގެންފިއެވެ.
15 Jul 2023
"ކޮޅުފުށިން މަދުވެގެން 65 ޕަސެންޓު ވޯޓު ރައީސަށް ހޯދައިދޭން ވާނެ"
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މ ކޮޅުފުށިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް 65 ޕަސެންޓު ވޯޓު ހޯދައިދޭންވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.