ރިޔާސީ އިންތިޚާބު 2023
15 Aug 2023
މުޢިއްޒުއަށް ދަތިކުރަން ޕޯސްޓަރު ހަރުކުރުމުން ހަމަނުޖެހުމަކަށް
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ހއ. ބާރަށަށް ކެންޕެއިނަށް ވަޑައިގެންނެވުމުން އެރަށު އެމްޑީޕީ ސަޕޯޓަރުން އޭނާއަށް ދަތިކުރަން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިނގައިފި އެވެ.
15 Aug 2023
"ރައީސް ޔާމީން ޖަލަށްލީ 2018 ގެ ކޯލިޝަންގެ ހުރިހާ ލީޑަރުންވެގެން"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށްލީ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނަން 2018 ވަނަ އަހަރު ކޯލިޝަން ހެދި ހުރިހާ ސިޔާސީ ލީޑަރުންވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Aug 2023
ހޯނޑެއްދޫ އެމްޑީޕީ ޖަގަހަ އަށް ކަޅުތެޔޮ ޖަހައިފި!
ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެއަށް ބަޔަކު ކަޅުޔެތޮ ޖަހައިފިއެވެ.
15 Aug 2023
"ވެރިކަން ކޮށްދޭނީ ވަކި ޕާޓީއަކަށް ނޫން، އެންމެނަށް ހަމަހަމައަށް"
ވެރިކަން ކޮށްދެއްވާނީ ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 Aug 2023
"ކެލާ ފަޅުގައި ރިސޯޓެއް އަޅާ، ލޯކަލް ޓުއަރިޒަމް ފުޅާކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހއ ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ހަދާ، އެ ރަށަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރާނެ ރަށެއްކަމުގައި ހައްދަވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 Aug 2023
"ރައީސް، ކޮންމެ ރަށަކަށް ވެސް ދެތިން ފަހަރު ވަޑައިގެންފައިވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިތުރުފުޅު ހައްދަވައިފިއެވެ.
15 Aug 2023
މުއިއްޒާއި ދެކޮޅަށް މުޒާހަރާކުރި މީހުންގެ ގާތަށް ގޮސް ސަލާންކޮށްފި
ކެލާގައި މުޒާހަރާކުރަމުން ދިޔަ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ޑރ މުއިއްޒު އެ މީހުންނާއި ވެސް ސަލާމްކުރައްވައިފި އެވެ.
15 Aug 2023
"މި ނުކުތީ ޑޮލަރުގެ އަގު ދަށްކޮށް އިގްތިޞާދު ކޮޅަށް ޖަހަން"
ނުކުމެ ތިއްބެވީ ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ދަށްކޮށް، އިގްތިޞާދު ނަގައި ކޮޅަށް ޖައްސަވާން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.