ރިޔާސީ އިންތިޚާބު 2023
13 Aug 2023
ވާދަވެރިން ބުނަނީ މިސަރުކާރުން ކުރަމުންދާ ކަންކަން ކޮށްދޭނަމޭ
ރިޔާސީ އިންތިޚާބުގެ ވާދަވެރިންގެ ތެރެއިން އެއްބަޔަކު ބުނަމުންދަނީ މިހާރުވެސް މިސަރުކާރުން ކުރަމުންދާ ކަންކަން ކޮށްދޭނެ ވާހަކަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
13 Aug 2023
ކުޅުދުއްފުށްޓަށް ޑރ. މުޢިއްޒުގެ ގިނަ ވަޢުދު ތަކެއް!
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ހދ. ކުޅުދުއްފުށީ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Aug 2023
ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް ޤާއިމް ކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދޭނަން
ހދ ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ހުރިހާ ޚިދްމަތެއް ލިބޭ ސްކޫލެއް ޤާއިމްކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Aug 2023
"ސިޔާމް ހުންނެވުމުން ބޭރު ފައިސާ ލިބުންވެސް ފަސޭހަވެއްޖެ"
މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް (ސަން ސިޔާމް) އެމްޑީޕީގެ ކޯލިޝަންގައި ހުންނެވުމުން ބޭރުގެ ފަރާތްތަކުންދޭ ފައިސާ ލިބުން ފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
13 Aug 2023
"ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން"
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އިއުލާނުކުރައްވައިފި އެވެ.
13 Aug 2023
"ވެރިކަމަށް ކުރިމަތިލާނެ ފުރުސަތެއް ޕީޕީއެމަކުން ނުދިން"
ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޕީޕީއެމުން ނުދެއްވިކަމަށް އެޕާޓީގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.
13 Aug 2023
ތިން ޑޮކްޓަރުން ޤާސިމަށް ބައިއަތު ހިއްޕަވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދު ކުރައްވައި ކުރީގެ ސަރުކާރުތަކުގެ ވަރަށް އިސް މަގާމްތަކެއް ފުރުއްވާފައިވާ ތިން ޑޮކްޓަރުން ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ. މިރޭ ޤާސިމަށް ބައިއަތު ހިއްޕެވި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީއާއި ރައީސް ވަހީދު ސަރުކާރުގައި ރައީސް އޮފީހުގައި އިސް މަގާމެއް އަދާކުރެއްވި ޑޮކްޓަރ މުހައްމަދު އަލީއެވެ.
12 Aug 2023
"ޤާސިމް އިބްރާހިމަށް ވެރިކަން ދޭން މާ ލަސްވެއްޖެ"
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ދިވެހިރާއްޖޭގެ ވެރިކަން ދޭން މާ ލަސްވެސް ވެއްޖެކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.